ސައްހަ ނޫން ޓެލެގްރެފިކް ޓްރާންސްފާރ (ޓީޓީ) ފޮނުވައިގެން މަކަރާއި ހީލަތުން މުދާ އެތެރެކޮށް މަންފާ ހޯދިކަމުގެ ތުހުމަތުގައި ހޯދަން އިއުލާންކޮށްފައިވާ މއ. ހަނީސަކްލް-1 ހުސެއިން ޝިފާއު ރާއްޖެ އައުމުން ޕާސްޕޯޓް ހިފަހައްޓައިފިއެވެ.

ޝިފާއުގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ އަމިއްލައަށް  ރާއްޖެ އައުމުންނެވެ.

ޕީޖީ އޮފީހުން މީޑިއާތަކަށް މައުލޫމާތު  ޝިފާއު ހައްޔަރުކުރީ އޭނާ ހައްޔަރުކުރުމުގެ އަމުރެއް ނެރެފައިވާފީ ހައްޔަރުކުރީ ކަމަށެވެ. އެހެންނަމަވެސް ޝަރުތުތަކާއި އެކު ދޫކޮށްލާފައިވާ ކަމަށެވެ.

ވަވު ޓީޓީ ފޮނުވައިގެން ރާއްޖެއަށް މޭވާ އާއި ތަރުކާރީ އެތެރެކުރި މައްސަލައިގައި އޭނާ ހައްޔަރުކުރީ 28 މާޗް 2023 ގައެވެ.  އޭރު އޭނާގެ ބަންދަން ޖެހީ 30 ދުވަހެވެ.

ނަމަވެސް ދެވަނަ ފަހަރަށް ބަންދާމެދު ގޮތެއް ނިންމުމަށް މެއި މަހު 27 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ ވަނީ ކޯޓުން ދޫކޮށްލާފައެވެ.

ކްރިމިނަލް ކޯޓުގެ އަމުރު އިސްތިއުނާފު ކުރަން ދައުލަތުން ހުށަހެޅިއިރު ޝިފާއު ވަނީ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައެވެ. އެހެންވެ ފުލުހުން ވަނީ އޭނާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *