ތުއްތު ދަރީންގެ ދިރިއުޅުން ފަސޭހަކޮށްދިނުމުން ލިބިގެންދާނެ ގިނަ ގުނަ ފައިދާތަކެއްވެއެވެ. އަދި އެއީ ތިބާގެ ދިރިއުޅުންވެސް އިތުރަށް ފުރިހަމަ ކޮށްދޭނެ ކަމެއްވެސްމެއެވެ. ކުދިންގެ ދިރިއުޅުން ފުރިހަމަވެގެންދާނީ އެކުދިންނަށް ފޫހިފިލުވުމަށް ވަގުތާއި ޖާގަ ލިބުމަށް ހުރަސްނާޅައި މައިންބަފައިން އެހެންކަންކަން "މާގިނައިން" ކުރަން ނުވަތަ ހަދަން ނުދިނުމުންނެވެ.

"މާގިނައިން" "މާ ގިނަ" އެއްޗެހި ކަމުގައި ވިޔަސް، "މާ ގިނަ" މައުލޫމާތެއް ވިޔަސް، "މާ ގިނަ" ހަރަކާތްތަކެއްކަމަށް ވިޔަސް، "މާ ގިނަ" ގޮތްތަކެއްކަމުގައި ވިޔަސް، އެއް މަސައްކަތުން އަނެއް މަސައްކަތަށް އަވަސްވެގަތުމުން ފަދަ ގޮތްގޮތަށް ކަންކަން ވުމުން ކުދީންނަށް ހުސްވަގުތުކޮޅެއް ލިބިގެނެއްނުދެއެވެ. މާގިނައިން ކަންކަން ކުރަން ޖެހުމުން ކުޑަ ކުދިން ފަސޭހައިން ސްޓްރެސްވެއެވެ. އަދި ގިނަ ފަހަރަށް މިހެން ވުމުން މައިންބަފައިންނަށްވެސް ވަރުބަލިކަން އިހުސާސްވެ ނަފްސާނީ ބުރަވެސް އިތުރުވެގެންދެއެވެ.

އެއްފަހަރާ މާ ގިނަ ފިލާވަޅު ހެދުމާއި ދަސްކުރުމަށް ކުދިންނަށް ދިނުމަކީ އެކުދިންގެ ހާސްކަން އިތުރުވެ ރުޅިގަދަވުމަށްވެސް މަގުފަހިވާ ކަމެއް

އެއްފަހަރާ މާގިނަ އެއްޗެހި ދަސްކުރަން ނުޖެހި، އަދި މާ ގިނަ މަސައްކަތް ކުރަން ނުޖެހުމުން ކުދިން ރުޅިއައުން މަދުވެ، މަޑުމައިތިރިކަން އިތުރުވެ ބަސްއަހާލެއްވެސް ބޮޑުވެގެންދެއެވެ. ކުދިންގެ ދިރިއުޅުން ފަސޭހަކޮށްދިނުމުން ކްރިއޭޓިވިޓީ އާއި ހުނަރު އިތުރުވެ، ރަނގަޅު ތަރުބިއްޔަތެއް ލިބިގެން ބޮޑުވުމަށް މަގުފަހިވެއެވެ.

މަޝްހޫރު ލިޔުންތެރިއެއްކަމަށްވާ ޖޯން ޕޭން ބުނާގޮތުގައި މިޒަމާނުގައި މިހާރަކަށް އައިސް ކުދިންނަށް ގިނަ މައްސަލަތަކާއި ކުރިމަތިވަނީ ދިރިއުޅުމުގައި މާގިނަ ކަންކަން ކުރަން ޖެހުމާއި، އެ ކުދިން ދިރިއުޅުމުގެ ކަންކަމުގައި މާ އަވަސްވެގަންނަން ޖެހޭތީ ކަމަށެވެ.

ތިރީގައި މިވަނީ ކުދިންގެ ދިރިއުޅުން ފަސޭހަކޮށްދީ އުޖާލާކުރުމަށް ކުރެވިދާނެ ބައެއް ކަންކަމެވެ.

ކުދިން ގަޔާވާ ފޮތްތަކާއި ކުޅޭއެއްޗެހި ފަސޭހައިން ފެންނަ ގޮތަށް ވަކިކޮށްފައި ބެހެއްޓުމުން އެކުދިން އެތަކެއްޗާއެކު ވަގުތު ހޭދަކުރުމަށް އިސްކަންދޭ

  • ކުދިން ގަޔާވާފަދަ ކުޅޭ އެއްޗެއްސާއި ވާހަކަ ފޮތް ވަކި ކޮށްފައި ބެހެއްޓުން

ކުޅޭ އެއްޗެހި ސާފުކުރާއިރާއި ތަރުތީބު ކުރާއިރު ކުދިން އެންމެ ޝައުގުވެރިވާ ފަދަ ކުޅޭ އެއްޗެހި ވަކިކޮށްފައި ބެހެއްޓުން މުހިންމެވެ. އަދި ގޭގައި ކުދިން ކުޅުމަށް ހާއްސަ ވަކި ތަނެއް ހުންނަނަމަ އެތަނެއް ރީތިކޮށްލާއި، ބާލީސް ބަހައްޓައި ޕްލޭ ހައުސްއެއް ފަދަ ގޮތަކަށް އެތަން ތައްޔާރުކޮށްލާފައި ބެހެއްޓުމަކީ އެކުދިންނަށް ފަސޭހައިން އެކަމަށް ޝައުގުވެރިވެގެން ކުޅޭނެ މަޑުމައިތިރި މާހައުލެއް ގާއިމްކޮށްދޭނެ ފަދަ ކަމެކެވެ. އަދި ކުޅޭ އެއްޗެހި ފަދައިން އެ ކުދިން އެންމެ ކިޔާ ހިތްވާ ފަދަ ވާހަކައާއި އެހެނިހެން ފޮތް ވަކިކޮށްފައި ބެހެއްޓުން މުހިންމެވެ.

  • ހަކަތަ އިތުރަށް ބޭނުންވާފަދަ ކުޅިވަރުގެ ކަންކަން ދުވަހުގެ ޝެޑިއުލުން ލުއިކޮށްލުން

އާއިލާގެ ޝެޑިއުލް ލުއިކޮށްލުމަކީ އަބަދުވެސް ދެން ކުރަންވީ ކޮންކަމެއްބާއޭ ހިތަށް އެރުމާއި ހިތް ނުތަނަވަސްވުން ފިލުވާލުމަށް މޮޅޮގޮތެކެވެ. ހަމަ އެފަދައިން ކުދިންނަށް ސްކޫލް މަސައްކަތާއި އެކު އެކްސްޓްރާ ކަރިކިއުލާ މަސައްކަތާއި ކުޅިވަރު ކުޅުމަށް ކޮންމެ ދުވަހަކުވެސް ޖެހިޖެހިގެން ކުރަން ޖެހޭ ނަމަ މާޔޫސްވެ ފަސޭހައިން ސްޓްރެސްވެއެވެ. އޭގެ ބަދަލުގައި ކްރިއޭޓިވް ހަރަކާތްތަކާއި އަމިއްލައަށް ދެނެގަނެގެން ހޯދާ ފަދަ މަޖާ ޝައުގުވެރި މަސައްކަތް ކުރަން ދިނުމަކީ ބުއްދިވެރި ކަންބޮޑުވުމަކާއި ނުލާ އެކުދިންނަށް އުފާލިބިގަނެވޭނެ ކަންކަމެވެ. އަދި މައިންބަފައިންވެސް ދަރިންނާއި އެކު އެފަދަ ކަންކަން ކޮށްލުމަކީ ބުރަ މަސައްކަތުގައި އުޅެފައި އައިސް ސްޓްރެސް ފިލުވާލަން ބުއްދިވެރި ގޮތެކެވެ.

  • ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން ފައިދާ ލިބިގަނެވޭނެ ކަންކަން ހޯދައި ކުރުން

ދަރިން ހިތްހަމަ ޖައްސައިދިނުމަށް އަދި ފަސޭހަ ދިރިއުޅުމެއް ހޯދައި ދިނުމަށް އަގުބޮޑެތި ތަންތަނަށް މަޖާ ކުރަން ދިއުމާ ނުވަތަ އަގުބޮޑެތި އެއްޗެހިން ގަނެ ދިނުން މުހިންމެއް ނޫނެވެ. އޭގެ ބަދަލުގައި ކާގަޑީގައި ދަރިފުޅާއި އެއްކޮށް ކެއުމާއި، އެކީގައި ހިނގާލަން ދިއުމާއި ނިދާ ގަޑީގައި ވާހަކަ ކިޔާ ދިނުމާއި އަދި ހެދުނުގެ ސައި ތައްޔާރުކުރާ ވަގުތު އެކުދިންނަށްވެސް ކޮންމެވެސް މަސައްކަތެއް ހަވާލުކޮށްލުމަކީ އެ ކުދިން އުފާވާނެ އަދި ކަންކަން ކުރުމުގައި އާ ހިތް ވަރެއް ހޯދުމަށް އެހީތެރިވެދޭ ކަންކަމެވެ. އެ ކުދިންގެ ދިރިއުޅުން ބައްޓަންވެފައި އޮންނަންވާނީ ކަންކަން ކުރުމުގައި ކެރުމާއި ބިރު ނުގަނެ އެކަން ކުރަން ބޭނުންވުމުގެ މައްޗަށެވެ. އާއިލާއާއި އެކު ވަގުތު ހޭދަކުރުމަކީ ކުދިންނަށް ފަސޭހަ ދިރިއުޅުމެއް ހޯދައިދެވޭނެ މުހިންމު ކަމެކެވެ.

 

ނޯޓް: މައުލޫމާތު ނަގާފައިވަނީ ގްރީންޗައިލްޑްމެގަޒިން ޑޮޓް ކޮމް އިން

0
0
0
1
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *