އެމްޑީޕީއާއި  ވާދަކުރާ ރިޔާސީ ކެންޑިޑޭޓް ޕީއެންސީގެ ޑރ. މުހައްމަދު މުއިއްޒު ތިނަދޫ ސިޓީއަށް ވަޑައިގެން ވެވަޑައިގެންނެވި ހުރިހާ ވައުދުތަކަކީ، އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ ކަންކަން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިން މުޙައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ރޭ ތިނަދޫ ސިޓީގައި ބޭއްވި ކެންޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އިދިކޮޅު ކެންޑިޑޭޓް މީގެ ކުރިން ތިނަދޫ ސިޓީއަށް ވަޑައިގެން އެއްވެސް ވައުދެއް ނުވާކަމަށް ރައްޔިތުންތެރޭގައި ވާހަކަ ދެކެވިފައި ހުރުމުން އިއްޔެ އަނެއްކާވެސް ތިނަދޫ އަށް ލިސްޓެއް ހިއްޕަވައިގެން ވަޑައިގަތީކަމަށެވެ.

އަދި އެ ލިސްޓުގައި ހިމެނެނީ މުޅިންވެސް އެމަނިކުފާނު ތިނަދޫ ސިޓީގެ ރައްޔިތުންނާއި ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރޭ އަލަށް ގުޅިވަޑައިގެންނެވި ފަރާތްތަކާއިއެކު ތިނަދޫ ސިޓީން ނަތީޖާ ބަދަލުވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *