މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް(އެމްޑީއޭ) އިން އެމްޑީޕީއާއި އެކު ހަދާފައިވާ ކޯލިޝަން ރޫޅައި، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކުރަން ނިންމި ނިންމުމަކީ ގޯސް ނިންމުމެއްކަން އެ ޕާޓީއަކަށް ވަރަށް އަވަހަށް ފެންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާ އެކު ކުރިއަށް ދިޔުމަށް އެމްޑީއޭއިން ނިންމީ އެ ޕާޓީން ރޭ ބޭއްވި ގައުމީ މަޖިލީހުގެ 97 ޕަސަންޓު މެންބަރުންގެ ތާއީދާއެކުގައެވެ.

އައްޑޫއަށް ވަޑައިގެން، ކެމްޕެއިން ޓީމުތަކާ ބައްދަލުކުރައްވައި ރައީސް ވަނީ އެމްޑީއޭއިން ކޯލިޝަނުން ވަކިވި ނަމަވެސް މާޔޫސް ނުވުމަށާއި އެއީ ކަންބޮޑުވާންވީ ކަމެއްވެސް ނޫން ކަމަށް ވިދާޅުވެފައެވެ. ރައީސް އެމްޑީއޭއަށް ހެޔޮ މުސްތަގްބަލަކަށް އެދުނުނަމަވެސް ރައީސް ވިދާޅުވީ އެ ބޭފުޅުންގެ އެ ނިންމެވުން އެއީ ރަނގަޅު ނިންމެވުމެއް ނޫންން ފަހުން ފެނިގެންދާނެކަމަށެވެ.

މީގެ އިތުރުން ރައީސް ވަނީ އެމްޑީއޭއިން ކޯލިޝަނުން ވަކިވުން ކުރީގެ މުހާވިރާއަކުންވެސް ސިފަކޮށްދެއްވައިފައެވެ. އެގޮތުން "އަންނަ އެއްޗެހީގެ ތެރޭގައި ކޮންމެވެސް ވަރަކަށް ދާ އެއްޗެހިވެސް ހުންނާނެ" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *