ގެދޮރުވެރިޔާ ޕްރޮގްރާމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ބައެއް ބިންތައް - ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓަށް ޝަރުތު ހަމަވާ ހުރިހާ މީހުން، ޕޯޓަލް މެދުވެރިކޮށް މިހާރު ފެންނާނެ ކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން ބުނެފިއެވެ.

ހައުސިންގ މިނިސްޓްރީން ބުނީ އެ މީހުންނަށް ފްލެޓް ލިބޭކަން އަންގާފައިވަނީ، ވަގުތީ ލިސްޓުގައި ޝަރުތު ހަމަވެ، އަދި ވަގުތީ ލިސްޓަށް ޝަކުވާ ހުށައެޅުމަށް ހުޅުވާލި ފުރުސަތުގައި ހުށައެޅި ޝަކުވާތަށް ބަލާ ފާސްކުރުމަށްފަހުގަ ކަމަށެވެ. އަދި ޝަރުތު ހަމަވާ މީހުންނަށް، ފްލެޓް ލިބޭކަން ގެދޮރުވެރިޔާގެ ޕޯޓަލް މެދުވެރިކޮށް މިހާރު ފެންނަން ހުންނާނެކަމަށްވެސް އެ މިނިސްޓްރީްނ ބުނެއެވެ.

މީގެއތުރުން ޝަރުތު ހަމަނުވާ ފަރާތްތަކަށްވެސް ޝަތުރު ހަމަނުވާ ސަބަބު ބަޔާންކޮށް ޕޯޓަލް މެދުވެރިކޮށް ޖަވާބު ފޮނުވާފައިވާކަމަށްވެސް މިނިސްޓްރިއިން ބުނެފައިވާއިރު ޝަރުތު ހަމަނުވި މީހުންގެ އިތުރު ޝަކުވާއެއް އޮތްނަމަ، 7 ދުވަހުގެ މުއްދަތުގެ ތެރޭގައި ޝަކުވާ ހުށައެޅުމަށްވެސްވެސް ހައުސިންގ މިނިސްޓރީްނ ވަނީ އަންގާފައެވެ.

ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް ސަރުކާރުން އިޢުލާންކުރެއްވީ އޮގަސްޓްމަހުގެ 8ވަނަ ދުވަހުއެވެ. 15،000 އަށްވުރެ ގިނަ މީހުން ޝަރުތުހަމަވާކަމަށް ވަގުތީ ލިސްޓުގައި ވަނީ ކަނޑައަޅާފައެވެ. ނަމަވެސް ޝަކުވާތަކަށް ބަލާ މި ލިސްޓަށް ބަދަލު އަންނާނެކަމަށް މިނިސްޓްރިއިން މައުލޫމާތުދެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *