ނޮވެންބަރު 5 ގެ ކުރިން ޤާނޫނީ ހުރިހާ ހަމައެއް ނިންމާ، ގޯތީގެ އިން ވަކިކޮށް ރަޖިސްތްރީ ހަވާލުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާޙިމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައިސް މިހެން ވިދާޅުވީ މިރޭ ކުރިއަށްދިޔަ "އުފާވެރި އަމާން ރާއްޖެ" ވޮށްކޮޅު ކަންމަތީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައިސް ވިދާޅުވީ ގޯއްޗާއި ގުޅިގެން ގިނަބައެއްގެ ކަންބޮޑުވުންތައް އެބަހުރި ކަމަށެވެ. ސަބަބަކީ އިދިކޮޅު ފަރާތްތަކުން ކެނޑިނޭޅި ދައްކަމުން ގެންދާ ވާހަކައިގެ ސަބަބުން ކަމަށެވެ. އަދި ގިރާވަރު ފަޅާއި، ގުޅީފަޅުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ބިން އަދި ހިއްކާ ނުނިމިއޮތުންވެސް ރައްޔިތުންގެ ކަންބޮޑުވުންތަކުގެ ތެރޭގައި ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ނަމަވެސް ރައީސް ވަނީ މި ދައުރު ނިމުމުގެ ކުރިން ގޯތި ލިބުނު ހުރިހާ ފަރާތްތަކަށްވެސް ގޯޓީގެ އިން ވަކިކޮށް ރަޖިސްޓްރީ ހަވާލުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މިދެވޭ ރަޖިސްޓްރީ ވެގެންދާނީ ޤާނޫނީގޮތުން ނިންމަންޖެހޭ ހުރިހާ ހަމައެއް ނިންމުމަށްފަހު ދެވޭ ރަޖިސްޓްރީއެއް ކަމަށެވެ.

ރައީސް ވިދާޅުވީ ރައްޔިތުން ދެން އޮޅުންފިލުވަން ބޭނުންވާ ކަމަކީ ގޯތި ދޫކުރެވޭ ހުރިހާ ސަރަޙައްދަކަށްވެސް ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވޭނީ ކިހާ ދުވަހަކުންތޯ ކަމަށެވެ. ބިން ހިއްކާ ނިމުމާއިއެކު ފެނާއި ކަރަންޓާއި ނަރުދަމާ އަދި މަގު ހެދުމުގެ މަސައްކަތް އެ ސަރަޙައްދުތަކުގައި ފެށިގެންދާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ މިރޭ ދެއްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *