ބުދަ ދުވަހާއި ބުރާސްފަތި ދުވަހަކީ ރަސްމީކޮށް ސަރުކާރު ބަންދު ދުވަހެއް ނަމަވެސް އައިޑީ ކާޑު ދޫކުރުމުގެ ހިދުމަތް ދިނުމަށް ނިންމައިފިއެވެ.
ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނުން ބުނީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓްލުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، ބުދަ އަދި ބުރާސްފަތި ދުވަސްވެސް އައިޑީ ކާޑު ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ދެދުވަހު އައިޑީ ކާޑު ދޫކުރުމުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ 18 އަހަރުން މަތީގެ ފަރާތްތަކަށެވެ.
އެ ޑިޕާޓްމަންޓުން ބުނީ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ހެނދުނު 10:00 އިން ފެށިގެން ހަވީރު 4:00 ޖަހަންދެން އައިޑީ ކާޑު ދޫކުރުމުގެ ހިދުމަތް އެ އޮފީހުން ކުރާނެ ކަމަށެވެ.