އެއާ ޓްރެފިކް ކޮންޓްރޯލްގެ ހިދުމަތް ހަރުދަނާ ކުރަން ”މޯލްޑިވްސް ނޭޝަނަލް އެއާ ޓްރެފިކް ސާވިސް“ ގެ ނަމުގައި އިތުރު ކުންފުންޏެއް އުފައްދައިފިއެވެ.
އެމްއޭސީއެލުން ބުނާ ގޮތުގައި އެއާ ޓްރެފިކް ކޮންޓްރޯލަށް ވަކި ކުންފުންޏެއް އުފެއްދީ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓޭނެ ފަދަ ގޮތަށް ހިދުމަތް ފޯރުކޮށް ދިނުމަށެވެ. އަދި ހަމައެހެންމެ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް އަންނަމުންދާ ކުރިއެރުންތަކާ އެކު ރާއްޖޭގެ ވައިގެ ސަރަހައްދުގެ މޫވްމެންޓު ވެސް އިތުރުވަމުންދާ ވަރަކަށް ވަކިން ހާއްސަ ކުންފުންޏެއް އޮތުމަކީ މުހިންމު ކަމެއް ކަމަށް އެމްއޭސީއެލުން ދެކެއެވެ.
ރާއްޖޭގެ ވައިގެ ސަރަހައްދުގައި ކުރާ ދަތުރުތައް މިހާތަނަށް ބަލައި ދިރާސާކޮށް ރެގިއުލޭޓް ކުރަމުން ދިޔައީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ އެއާ ޓްރެފިކް މެނޭޖްމަންޓްގެ ޔުނިޓްގެ ދަށުން އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރު އަދި ކޮންޓްރޯލް ސެންޓަރުންނެވެ.