އަކްރަމް ކަމާލުއްދީން. ފޮޓޯ: ދަ ޕްރެސް

ކުރިން 1 ކޮޓަރީގެ ފްލެޓުތައް ލިބިފައިވާ މީހުންނަށްވެސް އަލުން މާލެ ސަރަޙައްދުން ފްލެޓާއި ގޯއްޗަށް ކުރިމަތިލެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

އަކްރަމް ވިދާޅުވީ އެއް ކޮޓަރީގެ ފުލެޓްތައް ކުރިން ލިބިފައިވާ މީހުންނާއި ކުރިން ފުލެޓް ލިިބިފައިވާ މީހުންގެތެރެއިން ލިބިފައިވާ ފުލެޓް ދޫކޮށްލަން ބޭނުންވާ މީހުންނަށް މިހާރު އެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. އަދި އެފަރާތްތަކަށް އުތުރު ތިލަފަޅާއި މާލޭ ސަރަހައްދުގައި މިހާރު ހަދަމުންދާ ފްލެޓްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު އެބައޮތްކަމަށްވެސް އަކްރަމް ވިދާޅިވިއެވެ.

މީގެ އިތުރުން އަކްރަމް ވިދާޅުވީ ދުވަސްވީ ކުދި ފްލެޓުތަކުގައި ދިރިއުޅޭ މީހުންނާއި މާލޭގައި ސިނަމާލެ ފްލެޓުތައް ލިބިފައިވާ މީހުންނަށްވެސް މި ފްލެޓުތަކަށް ކުރިމަތިލެވޭނެ ކަމަށެވެ.

ބޯހިޔާވަހިކަމުގެ މައްްްސަލައަށް ހައްލެއް ހޯއްދެވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް ކުރިމަތިލުމުގެ އިތުރު ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމައި މިދިޔަ ހޮނިހިރު ދުވަހު ސަރުކާރުން ވަނީ އެކަން ހާމަކޮށްފައެވެ.

ހައުސިންގ މިނިސްްޓްރީން މިއަދު ބުނީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމަށް ހައްލެއް ހޯދައިދިނުމަށް ރައީސް ސާލިހުގެ ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ގޯއްޗާއި ފުލެޓު ދޫކުރަން އަނެއްކާވެސް ހުޅުވާލުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން މާލެ ސަރަހައްދުން އިތުރު 6000 ފުލެޓާއި 4500 އަށްވުރެގިނަ ގޯތި ދޫކުރުމަށް ބުދަ ދުވަހުގެ ކުރިން ހުޅުވައިލާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *