ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރިޔަށް ދަނީ - ފޮޓޯ: މިނިސްޓަރ މަހްލޫފް/ޓްވިޓަރ

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ހުޅުލެއާއި މާލެއާއި ދޭތެރޭ އެޅި ބްރިޖަށްވުރެ މާ އަވަހަށް ތިލަމާލެ ބްރިޖް ނިމޭނެ ކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރިޔަށް ދަނީ - ފޮޓޯ: މިނިސްޓަރ މަހްލޫފް/ޓްވިޓަރ

މާލެ- ވިލިމާލެ - ތިލަފުށި ގުޅުވާލާ ބްރިޖްގެ މަސައްކަތް ލަސް ކަމަށް ބުނެ ވާދަވެރިން ކިޔާ ފާޑުކިއުންތަކަށް އިޝާރާތް ކުރައްވާ މަހްލޫފް ވިދާޅުވި ތިލަމާލެ ބުރިޖުގެ ތަނބެއް ނިފެނިގެން ހަޖޫ ޖަހާއިރު ބުރިޖުގެ މުހިންމު އެތަށްބައިވަރު މަސައްކަތެއް މިއަދުވެސް ކުރިޔަށް އެބަ ގެންދާ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް ވިދާޅުވީ ތަނބުތަކުގެ މަސައްކަތް ނިމޭ އިރު ހުންނާނީ ބްރިޖު ރާވާލެވޭ ވަރަށް އެހެން ކަންކަން ތައްޔާރުވެފައި ކަމަށެވެ.

ވިލިމާލެއާއި ތިލަމާލެ އަދި ގުޅީފަޅާއި ގިރާވަރު ފަޅު މާލެ އާއި ގުޅުވާލާ 'ތިލަމާލެ" ބްރިޖްގެ މަޝްރޫއަކީ 6.7 ކިލޯ މީޓަރުގެ މަސައްކަތް ކުރިަޔށް ގެންދަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗަރ ލިމިޑެޓުންނެވެ. މާލެ އާއި ވިލިމާލެ އަދި ތިލަފުށި ގުޅާލުމުގެ މަސައްކަތް އެ ކުންފުންޏާއި ދިވެހި ސަރުކާރުން ހަވާލުކުރީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 26 އޮގަސްޓް 2021 ގައެވެ.

ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރިޔަށް ދަނީ - ފޮޓޯ: މިނިސްޓަރ މަހްލޫފް/ޓްވިޓަރ

7.7 ބިލިއަން ރުފިޔާ ހޭދަވާ އަންނަ އަހަރަށް ބްރިޖްގެ މަސައްކަތް ނިމި ބޭޏުންކުރަން ފަށާނެ ކަމަށޤ މި ސަރުކާރުން ބުނެއެވެ. ތިލަމާލެ ބްރިޖް މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކްގެ 400 މިލިއަން ޑޮލަރުގެ ލޯނާއި އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން ކުރިޔަށް ގެންދާ މަޝްރޫއެކެވެ.

މި ސަރުކާރުން ހިންގާ ތަރައްޤީގެ ގިނަ މަޝްރޫއުތަކަށް 2019، 2021 އަދި 2022 ގައި ކޮވިޑްގެ ސަބަބުން އަސަރު ކުރިއެވެ. މަޝްރޫއުތަކުގެ ސްޕީޑަށް ލަސްތަކެއް ކުރިމަތިވި ނަމަވެސް ސަރުކާރުން ވަނީ ގިނަ މަޝްރޫއުތަކެއް ނިންމާފައެވެ.

ތިލަމާލެ ބްރިޖްގެ މަސައްކަތާއި އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ "ވިޝަންއަކީ" ގްރޭޓާ މާލެ ސަރަހައްދުގެ ގުޅިފަޅާއި، ގިރާވަރުފަޅު އަދި އުތުރު ތިލަފަޅުވެސް ތިލަފުއްޓާއި ވިލިމާލެ އާއި އެކު މާލެއާއި އެއްގަމު މަގުން ގުޅިގެން ދިއުމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *