ކުރީގެ އޮޑިޓަ ޖެނެރަލް ނިޔާޒް އިބްރާހިމަށް މަގުމަތިން މީހަކު ދިމާކޮށްލައި ފުރައްސާކޮށް އިންޒާރު ދިން ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅަން ނިންމައިފިއެވެ.

ނިޔާޒް މިއަދު ކުރި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، އޭނާ ބޭންކަށް ދިޔަ މަގުމަތީގައި އޭނާއާ މީހަކު ދިމާކޮށްލައި ފުރައްސާރަކޮށް އިންޒާރުދީފައިވާ ކަމަށެވެ. އަދި އޭނާގެ ވީޑިއޯކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"ޕީޕީއެމްގެ އަސްލު ސިފަ މިދަނީ ފެންނަމުން. ވެރިކަން ލިބިއްޖެއްޔާ ކަންތައްތައް ހުންނާނެގޮތް އަންދާޒާކޮށްލައްވާ" ނިޔާޒް ވިދާޅުވިއެވެ.

ނިޔާޒު ވިދާޅުވެފައި ވަނީ އޭނައާ ދިމާކޮށް އިންޒާރު ދީފައި ވަނީ ޕީޕީއެމްގެ ވެރިކަން އިޔާދަވެއްޖެ ނަމަ ރައްޔިތުންނަށް ކުރިމަތިވެދާނެ ކަންކަމާ ބެހޭ ގޮތުން ދެއްވި އިންޓަވިއުއަކާ ގުޅިގެން ކަމަށެވެ.

ދާދި ފަހުން ސޯޝަލް މީޑިއާގައި އޭނަ ވަނީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ވެސް ފާޑު ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *