އިފުރު އައިލެންޑް މޯލްޑިވްސް ރިސޯޓް

ރ. އިފުރު އެއާޕޯޓާއެކު އެރަށުގައި ތަރައްގީކުރި "އިފުރު އައިލެންޑް މޯލްޑިވްސް"ރިސޯޓް ހުޅުވައިފިއެވެ.

147 ވިލާ ހިމެނޭ އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ މި ރިސޯޓަކީ ރާއްޖޭގައި އެއާޕޯޓަކާއެކު ތަރައްގީކުރި ދެ ވަނަ ރިސޯޓެވެ.

އިފުރު އައިލޭންޑް މޯލްޑިވްސްގައި ދުނިޔޭގެ އެކި ހިސާބުތަކުގެ ކެއުންތަކަށް ހާއްސަ ރެސްޓޯރެންޓަކާއި ހަތަރު ބާ އާއި ޓޫރިސްޓުންނަށް ހާއްސަ އެތައް ފެސިލިޓީއެއް ހިމެނެއެވެ. އަދި މީގެއިތުރުން ޓޫރިސްޓުންނަށް ތަފާތު އެކި ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމުތަކާއި 24 ގަޑިއިރު ހިދުމަތް ލިބޭ ފިޓްނެސް ސެންޓަރެއް ވެސް ހިމެނެއެވެ.

އަދި މީގެއިތުރުން ދުނިޔޭގެ ޗެމްޕިއަން ސްކައިޑައިވަރު ވިލް ޕެނީއާ ގުޅިގެން އެތަނުގައި ވަނީ ރާއްޖޭގެ ފުރަތަމަ ދާއިމީ ސްކައިޑައިވިން ޑްރޮޕްޒޯން ވެސް އުފައްދާފައެވެ. އަދި އެ ރިސޯޓުން އަންނަނީ ސްކައިޑައިވިންގެ ބޮޑު ހަރަކާތެއް ވެސް ރާވަމުން ކަމަށް އެ ރިސޯޓުން ވަނީ ހާމަކޮށްފައެވެ.

އިފުރު އެއާޕޯޓާއި ރިސޯޓު ތަރައްޤީކޮށްފައިވަނީ ކޯސްޓްލައިން ކުންފުނީގެ ހިއްސާ އޮންނަ އިފުރު އިންވެސްޓްމަންޓްސް އިންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *