ބާޒާރުމަތީގެ ގަވާއިދުތަކަށް އާންމުން އަހުލުވެރިކުރުވުމުގައި ފުލުހުން ހަރަކާތްތެރިވަނީ: ފޮޓޯ: ފުލުހުން

ޓްރެފިކް ގަވާއިދުތަކާއި އުސޫލްތަކާއި ހިލާފްވެގެން ކޮށްފައިވާ ޖޫރިމަނާތައް މާފްކޮށްދިނުމަށް އެދުމުގެ ފުރުސަތު ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ.

ރައީސް ސޯލިހު ވަނީ ދެހާސް އަށާރައިން ފެށިގެން މި އަހަރުގެ މިހާތަނަށް ޕާކިން ސްޓިކާ ޖޫރިމަނާގެ ތެރެއިން ދައުލަތަށް ނުލިބިވާ ފައިސާ މައާފުކޮށްދެއްވަން ނިންމަވައިފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އަމަލުކުރުމަށް ރައްޔިތުންނަށް ބާރު އެޅުމަށާއި ޓްރެފިކާ ގުޅޭ އުސޫލުތަކާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާ ދެއްކުމަށް ލުޔެއް ދެއްވުމުގެ ގޮތުން، 17 ނޮވެންބަރު 2018 އިން ފެށިގެން މި މަހުގެ ފަހެއްގެ ނިޔަލަށް ޓްރެފިކާ ގުޅިގެން ކުރެވިފައިވާ ޖޫރިމަނާ މައާފުކުރެއްވުމަށް ރައީސް ނިންމަވާފައިވާތީ މިއަދުން ފެށިގެން އަންނަ މަހުގެ 25ގެ ނިޔަލަށް އެ މިނިސްޓްރީގެ ސިމްސް ޕޯޓަލް (https://sims.transport.gov.mv) މެދުވެރިކޮށް އެކަމަށް ހުށަހެޅޭނެ ކަމަށެވެ.

ޖޫރިމަނާ މައާފުކުރެވޭނީ ޓްރެފިކާ ގުޅޭ ގަވާއިދުތަކާއި އިޖުތިމާއީ އެހެން މައްސަލަތަކަށް ހޭލުންތެރިކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ފަރުމާކޮށް ކަނޑައަޅާ 20 ގަޑިއިރުގެ ޓްރެއިނިން ޕްރޮގްރާމެއް ފުރިހަމަކުރުމުން ކަމުގައި މިނިސްޓްރީން ހާމަކުރެއެވެ.

ރައީސް ނިންމެވުމާއި ގުޅިގެން މައާފުކުރެވިގެންދާ ޖޫރިމަނާގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭނީ ލައިސަންސް އާއި ގުޅޭ ޖޫރިމަނާ އާއި ގަވާއިދާ ހިލާފަށް ދުއްވައިގެން ކޮށްފައިވާ ޖޫރިމަނާ އާއި އުޅަނދުގައި ހުންނަންޖެހޭ ތަކެތި ހަމަނުވެ ދުއްވުން ނުވަތަ ބޭނުންކޮށްގެން އަރާފައިވާ ޖޫރިމަނާ އާއި ޓެކްސީއާއި ގުޅޭގޮތުން ކޮށްފައިވާ ޖޫރިމަނާއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *