ސެޕްޓެމްބަރު މަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރި ވިއްސާރައިގައި ޖުމްލަ 84 ގެއަކަށް ގެއްލުން ލިބުނު ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ބުނެފިއެވެ.
އެންޑީއެމްއޭއިން އާންމުކުރި މައުލޫމާތުގައިވާ ގޮތުން މި ވިއްސާރައިގައި ގެއްލުން ލިބިގެން އެ އޮތޯރިޓީއަށް އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ޅ. ކުރެންދޫގެ ގެތަކުންނެވެ. އެގޮތުން ކުރެންދޫގެ 66 ގެއަކަށް ވިއްސާރައިގައި ގެންލުންވެފައިވެއެވެ.
މީގެއިތުރުން އއ. އުކުޅަހު 15 ގެއަކަށާއި، އއ. ފެރިދޫ 1 ގެއަކަށް އަދި އައްޑޫ ސިޓީ ފޭދޫ 2 ގެއަކަށް މި ވިއްސާރައިގައި ގެއްލުން ލިބިގެން ރިޕޯޓްކޮށްފައިވާ ކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.
އެންޑީއެމްއޭއިން ބުނީ މި ގެތަކަށް ލިބުނު ގެއްލުން ވަޒަންކޮށް ނިމި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަަތް މިހާރު ކުރަމުންދާ ކަމަށެވެ.