އެމްއެންޑީއެފްގެ ހުއްދަނެތި އުތުރު ތިލަފަޅުގައިވާ އެމްއެންޑީއެފްގެ ސަރަޙައްދަށް ދިޔަރެސް ނޫހުގެ ނޫސްވެރިން އަރަން މަސައްކަތްކުރި މައްސަލަ ބަލައި ފިޔަވަޅުއެލުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެކަމަށް ޤައުމީ ދިފާޢީ ބާރުން ބުނެފިއެވެ.
މިކަމާ ގުޅިގެން އެމްއެންޑާއެފުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެމްއެންޑީއެފްގެ ހުއްދަ ނެތި އުތުުރުތިލަފަޅުގައިވާ އެމްއެންޑީއެފްގެ ސަރަހައްދަށް ދިޔަރެސް ނޫހުގެ ނޫސްވެރީން އަރަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
ދުނިޔޭގެ ހުރިހާ ގައުމެެއްގައިވެސް އަސްކަރީ މަރުކަޒުތަކަށް ހުއްދަނެތި އެއްވެސް ފަރާތަކުން ވަނުމަށް މަސައްކަތް ކޮށްފިނަމަ އެކަން ވަރަށް ސީރިއަސްކޮށް ބަލާނެ ކަމަށެވެ. އަދި އެފަދަ ބަޔަކާ ދެކޮޅަށް ހަތިޔާރު ބޭނުން ކުރުން ވެސް ހުއްދަަ ކަމަށެވެ.
ސިފައިންގެ ބަޔާނުގައި އެމްއެންޑީއެފްގެ ހުއްދަ ނެތި އުތުުރުތިލަފަޅުގައިވާ އެމްއެންޑީއެފްގެ ސަރަހައްދަށް ނޫސްވެރީންތަކެއް ވަންނަން އުޅުމަކީ ޒިންމާރުކަން ކުޑަ ކަމެއްކަން ފާހަގަކޮށް މައްސަލަ ބަލާ ފިޔަވަޅު އަޅަން ކަމާބެހޭ ފަރާތްތަކަށް ހުށައަަޅާނެ ކަމަަށް ވަނީ ބުނެފައެވެ.
ނޫސްވެރިންތަކެއް ލޯންޗެއްގައި ގޮސް އެމްއެންޑީއެފްގެ ބަނދަރަށް ވަންނަން މަސައްކަތްކޮށް ވީޑިއޯކުރީ ހުއްދަ ނުހޯދައި ކަމަަށާ ހަތަރު މީހުން ލޯންޗެއްގައި ގޮސް ބަނދަރުން ރަށަށް އަރަން އުޅުމުން އެ މީހުން ހުއްޓުވީ އެ ތަނުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ހަރަކާތްތެރިވަމުންދިޔަ އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކްލާސް ރޭންކުގެ ސިފައިންގެ މީހެއް ކަމަށް ވެސް ބުންޏެވެ.
އަދި އެކަން ކުރީ އެމްއެންޑީއެފަށް ލިބިގެންވާ ގާނޫނީ ބާރުގެ ދަށުން ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.