އިންޑިއާގެ "މުށުތެރޭގައި" އޮތް ކަމަށް ބުނާ އުތުރު ތިލަފަޅުން ގޯތިދޭތީ އެތައް ބަޔަކަށް އުފާވެރިކަން ލިބިގެން ގޮސްފިއެވެ.

މި ސަރުކާރުން ކުރިޔަށް ގެންދާ، ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ ދެވަނަ ފިޔަވަހީގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފުލެޓަށް އެދުމުގެ ފުރުސަތަށް އިއްޔެ ވަނީ ހުޅުވާލާފައެވެ. ރޭ ހައުސިން މިނިސްޓްރީން ވަނީ ޕޯޓަލް މެދުވެރިކޮށް ޕްލޭޓާއި ގޯއްޗަށް އެދެވޭ ގޮތަށް ހަމަޖައްސާ އެކަން އިއުލާނުކޮށްފައެވެ.

މާލެ ސަރަހައްދުން 4000 ގޯއްޗާއި 6000 ފްލެޓް ދޫކުރުމަށް ބޯހިޔާވަހިކަމުގެ އައު ސްކީމެއް ހުޅުވާލާފައިވަނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނާއި ދަފްތަރުގައި ޖެހިފައިވާ ފަރާތްތަކުގެ ތެރެއިން 20 އަހަރުވެފައިވާ ރައްޔިތުންނަށެވެ.

އޭގެތެރެއިން 6000 ފްލެޓް ދޫކުރަން ހަމަޖެހިފައިވަނީ ހުޅުމާލެއިން ކަމަށް ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވަނީ ވިދާޅުވެފައެވެ.

މި ސްކީމްގެ ދަށުން 4000 އަށް ވުރެ ގިނަ ގޯތި ދޫކުރަން ހަމަޖެހިފައިވާއިރު މި ގޯތިތައް ދޫކުރަން ހަމަޖެހިފައިވަނީ އުތުރު ތިލަފަޅުން ކަމަށް ރޭ ބޭއްވި ކެންޕެއިން ޖަލްސާގައި ރައީސް ވަނީ ވިދާޅުވެފައެވެ.

އުތުރުތިލަފަޅުން ގޯތި ދޫކުރުމަށް ސަރުކާރުން ނިންމާފައި ވާއިރު، އެ ތަނަކީ އިންޑިއާގެ ބާރުގެ ދަށުގައި އޮތް ތަނެއްކަމަށް ދޭހަވާގޮތަށް އިދިކޮޅު ފަރާތްތަކުން ދަނީ ވާހަކަ ދައްކަމުންނެވެ.

ރައީސް އޮފީޙުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އުތުރުތިލަފަޅުން ގޯތި ދޫކުރަން ނިންމެވި ނިންމެވުމަކީ އެތައް ހާސް އާއިލާއަކަށް ލިބުނު އުފާވެރިކަމެއް ކަމަށެވެ.

އަލީ ޒާހިރު ވިދާޅުވީ އުތުުރުތިލަފަޅަކީ ބޭރު ބައެއްގެ ކޮންޓްރޯލް އޮތްތަނެއްކަމަށް އިދިކޮޅުން ބުނަމުންދިޔަ ނަމަވެސް އެތަނުގައި ދިރިއުޅޭނީ ދިވެހި އާއިލާތައްކަމަށެވެ.

ސަރުކާރުން މިހާރު ވަނީ އުތުުރުތިލަފަޅުން ގޯތިދޭން ހާއްސަ ކުރާ ސަރަހައްދުގެ ޗާޓުވެސް އާއްމުކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *