ބިންވެރިޔާ ސްކީމުގެ ދަށުން ބިން ދޫކުރުމަށް އުތުރު ތިފަޅުން ހިއްކަން ނިންމާފައިވާ ސަރަހައްދުގެ ޗާޓު ސަރުކާރުން އާންމުކޮށްފިއެވެ.

ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން މިއަދު ވަނީ ގިރާވަރު އުތުރު ފަޅު (އުތުރު ތިލަފަޅުން) ގެދޮރުވެރި ކަމުގެ ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ ޗާޓް އާންމު ކުރައްވާފައެވެ. އެ ޗާޓްގައި ވާގޮތުން އެ ފަޅުން 215 ހެކްޓަރު ހިއްކުމަށް ހަމަޖެހިފައި ވެއެވެ.

މި ސްކީމުގެ ދަށުން ގޯތި ދޫކުރަން ކަނޑައަޅައިފައިވާ ބިމުގެ ޖުމުލަ ބޮޑުމިނަކީ 5525000 އަކަފޫޓުގެ ސަރަހައްދެކެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

ބިންވެރިޔާ ދެވަނަ ފިޔަވަހީގެ ދަށުން ބިން ދޭ ނިންމާފައިވަނީ މާލޭގައި މަދުވެގެން 20 އަހަރު ދިރިއުޅެފައިވާ ފަރާތްތަކަށެވެ.

މި ސްކީމްގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމަށް މިހަރުވަނީ ގެދޮރުވެރިޔާ ޕޯޓަލްގައި އެ ފުރުސަތު ހުޅުވާލާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *