ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން - ފޮޓޯ: ޖަޒީރާ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ އިންތިހާބާއި ގުޅޭ ރިޝްވަތުގެ އަމަލުތަކާއި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރާ ކަމުގެ ޝަކުވާތަކާއި ގުޅޭ މައްސަލަތައް ބަލަމުން އަންނަ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ރިޔާސީ އިންތިޚާބާއި ގުޅިގެން 32 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން މައުލޫމާތުދެއެވެ.

އިންތިޚާބާއި ގުޅިގެން ހުށަހަޅާފައިވާ މައްސަލަތަކުގެތެރޭގައި ސިޔާސީ ޕާޓީތަކުން ހުށަހަޅާފައިވާ 4 މައްސަލައެއް ހިމެނެއެވެ. އަދި މީގެއިތުރުން ކާކުކަންނޭގޭ ގޮތަށް 28 މައްސަލައެއް ވަނީ ހުށަހަޅާފައި ކަމަށް އޭސީސީން މައުލޫމާތުދެއެވެ.

އޭސީސީ އިން ބުނީ މީގެތެރެއިން އެ ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިވަނީ 12 މައްސަލަ ކަމަށެވެ.

މިކަމަގުޅިގެން އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ މައްސަލައެއް ހުށަހަޅައިރު، ލިބެންހުރި އެކަށީގެންވާ ހެއްކާއިއެކު އެ މައްސަލައެއް ހުށަލެޅުމަކީ އެފަދަ ނޭދެވޭ އަމަލުތައް ހުއްޓުވުމަށް އެ ކޮމިޝަނުން ކުރަމުންދާ މަސައްކަތަށް ލިބިގެންދާނެ އިތުރު ބާރެއް ކަމަށެވެ.

މީގެ އިތުރުން ކެންޕެއިން ކުރުމުގައި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމާއި، ވޯޓަށް ނުފޫޒުފޯރުވުމަށް ރިޝްވަތު ހުށަހެޅުމާއި، ރިޝްވަތު ހިފުންފަދަ އަމަލުތަކުން ދުރުހެލިވުމަކީ ކޮރަޕްޝަން ހުއްޓުވުމަށް ލިބިގެންދާނެ ހިއްވަރެއް ކަމަށް ކޮމިޝަނުގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

އަދި ވޯޓު ދިނުމުގެ ހައްގު ހެޔޮ ގޮތުގައި ބޭނުންކޮށް އެއްވެސް ފަރާތަކުން ހުށަހަޅާ ރިޝްވަތުގައި ނުހިފާ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އެކު ވޯޓ ދިނުމުގެ ހައްގުގެ ބޭނުން ފުރިހަމައަށް ހިފުމަށް އޭސީސީން ވަނީ އިލްތިމާސްކޮށްފައެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *