އިސްކަންދަރު ސުކޫލު ހޯލުގައި ވޯޓުލުން ފެށިގެން ކުރިޔަށް ދަނީ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުމަށް ރީ-ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުސަތަށްފަހު އެކުލަވާލި ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ދިން 48 ގަޑިއިރުގެ ތެރޭގައި ހުށަހަޅާފައިވަނީ 361 ޝަކުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

މައިގަނޑު ގޮތެއްގައި މި ޝަކުވާތަކުގެ ތެރޭގައި ހިމެނެނީ ރިޖެކްޓް ކުރި ފޯމުތަކާ ގުޅޭ ޝަކުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމައިލް ހަބީބު ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ، ރީ-ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުސަތުގައި ހުށަހެޅި ފޯމުތަކުގެ ތެރެއިން ސައްހަވީ 38763 ފޯމު ކަމަށާއި ސައްހަކަން ކަށަވަރު ނުވީ 11284 ފޯމު ކަމަށެވެ.

އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ 282،803 މީހުން ކަމަށާއި ވޯޓުލުމުގެ ފައިނަލް ލިސްޓު މިއަދު އާންމު ކުރެވޭނެ ކަމަށް އިލެކްޝަންސް އިން މައުލޫމާތުދެއެވެ.

ރީ-ރަޖިސްޓްރީ ކުރުމަށް ހުޅުވާލުމާއެކު ކުޑަ މުއްދަތެއްގެ ތެރޭގައި ގިނަ ބަޔަކު އެކަމަށް އެދުމުން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ނަމަވެސް ވެރިކަންކުރާ އެމްޑީޕީއިން ބުނީ ގިނަ ބަޔަކު ވޯޓުލުމަށް މަސައްކަތް ކުރުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *