މަޖިލީހަށް ހުށަހެޅިފައިވާ ޤާނޫނު އަސާސީއަށް ގެންނަ އިސްލާހުތަކާއި ބެހޭ މަޝްވަރާއަށް ފަހު ރައީސް ނަޝީދާއި ރައީސް ސޯލިހު ސަލާމް ކުރައްވަނި - ފޮޓޯ: މަޖިލީސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުޙައްމަދު ނަޝީދު މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙާ ބައްދަލުކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިހާރު މަޖިލީހަށް ހުށަހެޅިފައިވާ ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލުތަކާއި ވެރިކަމުގެ ނިޒާމާ ގުޅޭ ވޯޓުގެ މަސައްކަތް ރިޔާސީ އިންތިޚާބަށްފަހު ކުރިއަށް ގެންދިއުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުން ހާމަކޮށްފިއެވެ.

މަޝްވަރާ ކުރެއްވީ ނިޒާމާ ގުޅޭ ވޯޓުގެ މަސައްކަތް އިންތިޚާބަށްފަހު ކުރިއަށް ގެންދިއުމަށް: މަޖިލީސް

މިއަދު ދެ ރައީސުން ކުރެއްވި މަޝްވަރާއާއި ގުޅޭ ތަފްސީލެއް އެއްވެސް ފަރާތަކުން ހާމައެއް ނުކުރައްވައެވެ. ދާދިފަހުން ރައީސް ނަޝީދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ކޯރަމް ހަމަނުވެ ޖަލްސާތައް ކުރިޔަށް ނުގެންދެވޭތީ އެކަމަށް ރައީސް ސޯލިހަސް ފާޑު ވިދާޅުވެފައެވެ. އެކަމުގައި ރައީސް ސޯލިހުގެ ބައިވެރިވުންވާނެ ކަމަށް ތުހުމަތު ކުރެއްވުމާއި ގުޅިގެން ރައީސް ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވާފައެވެ.

ރައީސް ވިދާޅުވީ ނިޒާމު ބަދަލުކުރުމުގެ ވޯޓުގެ ވާހަކަ ދައްކާނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ފަހުގައި ކަމަށް ވިދާޅުވެފައެވެ.

އެމްޑީޕީގެ އެތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކާއި އެކު ރިޔާސީ ޕްރައިމަރީއަށް ފަހު ރައީސް ނަޝީދު ރަސްމީ ހައިސިއްޔަތުން އަދި މިފަދަ ގޮތަކަށް ރަސްމީ ބައްދަލުވުމެއް ރައީސް ސޯލިހާއެކު ބާއްވާފައެއް ނުވެއެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ސޯލިހުގެ ފަޅިއަށް ނާރުއްވާނެ ކަމަށްވެސް ރައީސް ނަޝީދާއި އެބޭފުޅުން އުފައްދާފައިވާ ދަ ޑިމޮކްރެޓްސް ޕާޓީން ވަނީ ތަކުރާރުކޮށް ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *