ސިފްކޯ ހިޔާ ފްލެޓްތައް - ފޮޓޯ: އެމްއެންޑީއެފް

ސިފްކޯ ހިޔާއިން ފްލެޓް ލިބޭ ފަރާތްތަކުގެ ތެރެއިން މިހާތަނަށް 68 ފަރާތަކާއި އެގްރިމެންޓްކުރެވި، 10ފަރާތަކަށްތަޅުދަނޑި ޙަވާލުކުރެވިފައިވާ ކަމަށާއި، އިތުރު 22 ފަރާތަކަށް މިއަދުގެ ވަގުތެއްގައި ތަޅުދަނޑި ޙަވާލުކުރެވިގެންދާނެ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ. 

ސިފްކޯ ހިޔާ އާއިގުޅޭ ގޮތުން ބައެއް ފަރާތްތަކުން ހަޤީޤަތާ ޚިލާފު ވާހަކަތައް ފަތުރަމުންދާތީ ދާތީ ކަމުގެ ހަގީގަތް ހާމަކޮށްދިނުމުގެ ގޮތުން އެމްއެންޑީއެފް އިން މިއަދު މީޑިއާތަކަށް ފޮނުވި މެސެއްގައި ބުނެފައިވަނީ ކުރިންވެސް ހާމަކުރައްވާފައިވާ ފަދައިން ސިފްކޯ ހިޔާގެ ރެސިޑެންޝަލް މަސައްކަތްތައް ނިމުމާއެކު ސިފްކޯ ހިޔާގެ ފްލެޓްތައް ލިބިލައްވާ ފަރާތްތަކަށް ތަން ހަވާލުކުރުމަށްޓަކައި އެޕާޓްމެންޓްތަކުގެ އެލޮކޭޝަން ހެދުމަށްޓަކައި ގުރުއަތުލުން ބާއްވައި އެލޮކޭޝަންގެ ކަންކަންވަނީ ކުރިއަށް ގެންދެވިފައި ކަމަށެވެ.

 އަދި އެގްރިމެންޓްތައް ހެދުމުގެ ކުރިން، އެޕާރޓްމެންޓްތައް އެކެއް އަނެކެއްގެ އެޕާރޓްމެންޓާއި ބަދަލުކުރުމުގެ ފުރުޞަތުދީ އެލޮކޭޝަންގެ ކަންކަން އެއްކޮށް ނިމުމާއެކު މިހާރު ވަނީ އެގްރިމެންޓްކޮށް ތަން ޙަވާލުކުރަން ފެށިފައިކަމަށެވެ.

ސިފްކޯ ހިޔާގެ ފްލެޓްތައް ލިބިލައްވާ ފަރާތްތަކާއި ތަން ޙަވާލުކުރުމަށްޓަކައި މިވަޤުތު ޚިދުމަތުގައި ތިއްބެވި ސިފައިންނާއިއެކު އެގްރިމެންޓްކޮށް ނިމުމާއެކު ޚިދުމަތުން ވަކިވެވަޑައިގެންފައިވާ ބޭފުޅުންނާއި އެގްރިމެންޓްކޮށް ތަން ޙަވާލުކުރަން ފެށޭނެކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވައެވެ.

އެމްއެންޑީއެފް އިން ބުނީ އެގްރިމެންޓްތަކުގައި ސޮއިކޮށް ތަން ޙަވާލުކުރުމުގައި ސިފްކޯގެ މުވައްޒަފުން އެއްވެސް ވަރުބަލިކަމެއްނެތި މިހާރުވެސް މަސައްކަތް ކުރައްވަމުންދާކަމަށެވެ. 

ސިފްކޯ ހިޔާގެ މަޢުލޫމާތުތައް ފްލެޓްތައް ލިބިލައްވާ ފަރާތްތަކަށާއި މީޑިއާއަށް ފޯރުކޮށްދެމުން ދަނިކޮށް، ކަމުގެ ޙަޤީޤަތް އޮޅޭގޮތަށް ބައެއް ފަރާތްތަކުން  މީޑިއާގެ އެކި ވަޞީލަތްތައް މެދުވެރިކޮށް ފަތުރަމުންދާ ހަޤީޤަތާއި ޚިލާފު ވާހަކަތައް ހުއްޓާލުމަށް އިލްތިމާސް ކުރާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *