ޚަބަރު
މާފަންނު އިމާރާތެއްގައި ރޯވި އަލިފާންގަނޑު ނިވާލައިފިި

މާފަންނުގައި ހުންނަ އިމާރާތެއްގައި ރޯވި އަލިފާންގަނޑު ނިވާލައިފިކަމަށް އެމްއެންޑީއެފްއިން ބުނެފި އެވެ.

އެމްއެންޑީއެފްއިން ބުނީ މ.ރަ ބީއުވިލާ 4 ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން އެސަރަހައްދުގައި ހަރަކާތްތެރިވި ކަމަށެވެ. އެމްއެންޑީއެފަށް މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 20:19 ހާއިރު އެވެ.

އެމްއެންޑީއެފްއިން ބުނީ މ. ރަބީއުވިލާ 4 ވަނަ ފަންގިފިލާގައި ރޯވި އަލިފާން، މިރޭ 21:12 ހާއިރު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ފަޔާ ފައިޓަރުން ވަނީ ކޮންޓްރޯލްކޮށްފައި ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާކަމުގެ މަޢުލޫމާތެއް މިހާތަނަށް ނުލިބޭ ކަމަށްވެސް އެމްއެންޑީއެފްއިން ބުނެފައި ވެއެވެ.

މި ހާދިސާގެ މައުލޫމާތު ލިބުމާއެކު، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ޓީމެއް ދަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުން ނެވެެ.

“ޖަޒީރާ” އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އިމާރާތަށް ލިބުނު ގެއްލުން ބައްލަވާލެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސް މިރޭގެ ވަގުތެއްގައި އެ ސަރަހައްދަށް ވަޑައިގެންފައި ވެއެވެ.

 

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top