އަންނަ ޖެނުއަރީގައި ރިލީޒް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ސިދާތް އަނަންދު ޑައިރެކްޓްކުރާ ބޮލީވުޑް ފިލްމު "ފައިޓާ" ގައި ހިމެނޭ ލޯބީގެ ލަވައެއްގެ މަންޒަރުތަށް ނެގުމަށް ދީޕިކާ ޕަދްކޯން އާއި ރިތިކް ރޯޝަން އިޓަލީއަށް ފުރުމަށް ތައްޔާރުވެއްޖެއެވެ.

ބޮލީވުޑްގެ މީޑިއާތަކުން ހަބަރުދޭ ގޮތުގައި ފައިޓާގެ ޕްރޮޑިއަސަރުން ވަނީ އިޓަލީގައި ޖުމްލަ 2 ލަވައެއްގެ މަންޒަރުތައް ނަގަން ނިންމާފައެވެ. އިޓަލީގައި ނަގާ މަންޒަރުތަކުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 27 ގައިއެވެ. ފައިޓާގެ ތަރިން އެގައުމުގައި ޝޫޓްކުރުމަށް 15 ދުވަސް ހޭދަކުރާނެ ކަމަށް ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނެއެވެ.

އިންޑިއާގެ މީޑިއާތަކުން ބުނީ އިޓަލީގައި ދީޕިކާ އަދި ރިތިކް ކުޅުމަށް ހަމަޖެހިފައިވާ ލޯބީގެ ލަވައިގެ އިތުރުން ދެން ޝޫޓް ކުރާ ލަވައަކީ ބޮޑު ޑާންސް ކުރޫ އަކާއެކު ނަގާ ފޯރިގަދަ ނެށުމުގެ ހަރަކާތްތައް ގިނަ ލަވައެކެވެ. މިއީ މަޝްހޫރު ބޮސްކޯ އަދި ސީޒާ ކޮރިއޯގްރާފް ކުރާ ލަވައެއް ކަމަށެވެސް ހަބަރު ލިބެއެވެ.

ޝާހްރުކްހާންގެ މަޝްހޫރު "ޖަވާން" އިން ވެސް ބެލުންތެރިންގެ ލޯބި ހޯދައިފައިވާ ދީޕީކާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ފައިޓާ އިންނެވެ. ދީޕިކާއާއި ރިތިކް ގެ ސަޕޯޓަރުންނަށް ވަނީ މި ދެ ތަރިން އެކީގައި "ފައިޓާ" ގެ ލީޑް ރޯލް ކުޅުމަށް ހަމަޖައްސާފައިވާތީ އެކަމާއި އުފާފާޅުކޮށްފައެވެ. ޑައިރެކްޓާރ ސިދާތް ބުނީ އޭނާ މަސައްކަތް ކުރަމުންދަނީ މި ފިލުމުގައި ބެލުންތެރިންނަށް ޝައުގުވެރި ރީތި މަންޒަރުތައް ހިމަނައިގެން ފައިޓާ މޮޅު ފިލުމަކަށް ހެދުމަށް ކަމަށެވެ.

ފިލްމްގެ ޕްރޮޑިއުސަރުން ބުނީ ފައިޓާގެ ހުރިހާ މަސައްކަތެއް އޮކްޓޫބަރު މެދު ތެރެއިން ނިމޭވަރު ވާނެކަމަށެވެ. ބެލުންތެރިންގެ މަގްބޫލުކަން ލިބިފައިވާ މިފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 2024 ގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *