މާލޭގައި ދިރިއުޅޭތާ 20 އަހަރުވެފައިވާ އެހެން ރަށްރަށުގެ ރައްޔިތުންނަށް ބިން މިލްކު ކުރުމުގެ ސްކީމްގެ ދަށުން ގޯތި ދޫކުރާނީ އުތުރު ތިލަފަޅުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރޭ އެމްޑީޕީ ސޯސަން ޖަގަހައިގައި ކުރިޔަށް ދިޔަ ކެމްޕޭން އިވެންޓެއްގައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.

މި ސްކީމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ރޭ ހުޅުވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ސްކީމްގެ ދަށުން މާލޭ ދަފްތަރުގައި ޖެހިފައިވާ ފަރާތްތަކާއި، މާލޭގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން 20 އަހަރުވެފައިވާ ފަރާތްތަކަށް ތަފާތުކުރުމެއް ނެތި ބިން މިލްކު ކުރެވޭނެ ފުރުސަތު ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އުތުރު ތިލަފަޅުގައި ދިރިއުޅޭނީ ދިވެހިންކަމަށެވެ. މާލެއިން ވިލިމާލެއަށް، ވިލިމާލެއިން ގުޅީފަޅަށް، ގުޅީފަޅުން ތިލަފުއްޓަށް، ތިލަފުށިން ގިރާވަރު ފަޅަށް، ގިރާވަރު ފަޅުން އުތުރު ތިލަފަޅަށް ބްރިޖުން ގުޅިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއީ ދިވެހިންނަށް އުފާވެރި އަމާން ރާއްޖެ އެއް ހޯދައިދިނުމަށްޓަކައި ކުރައްވަމުން މި ގެންދަވާ ބުރަ މަސައްކަތް ކަމަށެވެ. އެއާއެކު ހަމަ ހަމަކަމާ އެކީ ކޮންމެ ރައްޔިތަކަށް ލިބެންޖެހޭ ފުރުސަތުތައް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *