ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުން މޮޅުވާ މަންޒަރު އެބަ ފެނިވަޑައިގަންނަވާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު އުފަވެރި އަމާން ރާއްޖެ ކެމްޕޭނުގެ ދަށުން މާލޭގައި ދޮރުން ދޮރަށް ހިންގަވާ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ފަހު މީޑިއާތަކުން ކުރިމަތި ކުރުވި ސުވާލުތަކށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ވިދާޅުވީ އިންތިހާބުގެ ފުރަތަމަ ބުރާއި އަޅާ ވަލާއިރު ބަދަލުތަކެއް އައިސްފައިވާ ކަމަށާއި އެހެން ޕާޓީތަކުގެ ގިނަ ބަޔަކު މިބުރު ރައީސް އަށް ތާއީދު ކުރައްވާ ކަމަށެވެ.

އަދި މި ފަހަރު ނާކާމިޔާބު ވާތަނެއް ނުފެންނަ ކަމަށާއި ފެނިވަޑައިގަންނަވަނީ ދެވަނަ ބުރު ކާމިޔާބުވާ މަންޒަރު ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ބުރު ވީހާވެސް ގިނަ ބަޔަކު ވޯޓުލާން ނިކުތުން މުހިންމު ކަމަށާއި އޭރުން ދެވަނަ ބުރު ނިމޭނީ އެމްޑީޕީ ކޮޅަށް ކަމަށެވެ.

ރައީސް ވިދާޅުވީ އެމްޑީޕީން ވަމުންދާ ވައުދުތަކަށް ރައްޔިތުންގެ ފަރަަތުން ރަނގަޅު ތަރްހީބެއްވެސް ލިބެމުން އަންނަ ކަމަށް ފާހަގަ ކުރެއްވޭ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *