ގުޅީފަޅުން ގޯތި ލިބުނު ފަރާތަކާއި ގޯތި ހަވާލު ކުރުމަށް، އިން ވަކިކޮށްފައިވާ ބަންޑާރަ ގޯތިތަކެއް - ފޮޓޯ: ޕްލޭނިން މިނިސްޓްރީ

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދެވަނަ ބުރަށް 6،000 ފްލެޓާއި 4،500 އަށް ވުރެން ގިނަ ގޯއްޗަށް ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

މާލޭގައި ދިރިއުޅޭތާ 20 އަހަރުވެފައިވާ އެންމެންނަށް މާލޭން ގޯއްޗާއި ފްލެޓް ދޭން ނިންމައި އެކަމާ ގުޅޭ ހައުސިން ސްކީމެއް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް ވަނީ މިދިޔަ ހަފުތާގައި އިއުލާންކުރައްވައިފައެވެ.

މި ހައުސިން ސްކީމްގެ ތެރެއިން 6،000 ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއިން ކަމަށް އަކްރަމް ވިދާޅުވިއެވެ.

"ބިންތައް ދޫކުރާނެ ތަނެއް ވެސް މިއަދު ނޫނީ މާދަމާ، އިއުލާނުގައި ހާމަކުރާނަން ވަރަށް އަވަހަށް. ރައީސް ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް ބިންވެރިޔާ ސްކީމުން ގިނަ ބަޔަކަށް ބޯހިޔާވަހިކަމުގެ ފުރުސަތު ހޯދައިދޭނެ"

އަކްރަމް ވިދާޅުވިއެވެ.

މީގެ އިތުރުން އަކްރަމް ވިދާޅުވީ މިފަހަރުވެސް ގޯތި ދޫކުރާނީ މާލެއާ ބްރިޖުން ގުޅިފައި އޮންނާނެ ސަރަޙައްދަކުންނެވެ. އަދި ފުށިދިއްގަރުފަޅަށް ވުރެން ރަނގަޅު ފަސޭހައިން ދެވޭނެ ސަރަހައްދެއް ކަމުގެ ޔަގީންކަން ދެއްވާ ކަމަށް އަކްރަމް ވިދާޅުވިއެވެ.

އޮގަސްޓްމަހުން ފެށިިގެން ގޯތީގެ ރަޖިސްޓްރީއާއި އިންވަކިކޮށް ރޯނުދަމާއި ރައީސް އިބްރާހިމް މުޙްއްމަދު ސޯލިހުގެ ވައުދުފުޅާއި އެއްގޮތަށް ޕްލޭނިންގ މިނިސްޓްރީން އަންނަނީ ހުޅުމާލެ ދެވަނަ ފިޔަވަހިންނާއި ގުޅީފަޅުން ގޯތި ދޫކުރަމުންނެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން، ގުޅީފަޅުން ގޯތި ލިބުނު ފަރާތަކާއި ބިން ހަވާލު ކޮށްދެއްވަނީ- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

ސަރުކާރުގެ އަމާޒަކީ ހުޅުމާލެ ފޭސް 3 އަދި ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކަށް ނޮވެމްބަރު 5 ގެ ނިޔަލަށް ބިން ހިއްކާ ގޯތީގެ ރަޖިސްޓްރީއާއި އެކު ބިންތައްވެސް ހަވާލުކުރުމެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *