ތައިވާންގެ ގޮލްފް ފެކްޓަރީއެއްގައި ހިނގި ގޮވުމުގެ ހާދިސާއެއްގައި 4 މީހުން މަރުވެއްޖެއެވެ.

4 މީހުން މަރުވުމުގެ އިތުރުން 90 އަށް ވުރެ ގިނަ މީހުން ޒަހަމް ވެފައިވާކަމަށް ތައިވާންގެ މީޑިއާތަކުން ރިޕޯޓްކުރެއެވެ.

ތައިވާންގެ ފަޔާ ޑިޕާޓްމަންޓުގެ އޮފިޝަލުން ބުނާ ގޮތުގައި ހުކުރު ދުވަހުގެ ހަވީރު ވަނީ އެއިދާރާއަށް ޕިންގްޓަންގް ކައުންޓީގެ ގޮލްފް އިކުއިޕްމަންޓް އުފައްދާ ޕްލާންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގިކަމުގެ ހަބަރު ފޯން ކޯލަކުން ލިބިފައެވެ.

ތައިވާންގެ އިކޮނޮމިކް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި އެ ފެކްޓްރީގައި ގޮލްފް އިކުއިޕްމެންޓްތައް ހެދުމަށް ރޯ މެޓީރިއަލްގެ ގޮތުގައި ބޭނުންކުރަނީ ރަބަރާއި ކުލަ ފަދަ، އަލިފާން ހިފުމުން ގޮވުމަށް ފަސޭހައިން މަގުފަހިވާ ތަކެތި ކަމަށެވެ.

މައުލޫމާތުލިބިފައިވާ ގޮތުގައި މަރުވި 4 މީހުންނަކީ އެތަނުގައި ހަރަކާތްތެރިވެ އުޅުނު ފަޔާ ފައިޓަރުންކަމަށް މީޑިއާތަކުން ބުނެއެވެ. އަދި މި މީހުން މަރުވެފައިވަނީ އަލިފާން ނިއްވާލުމަަށް މަސައްކަތް ކުރަން އުޅުމުގެތެރޭ އެއްޗެއްގޮވައި ފެކްޓްރީ ހުރި އިމާރާތް ވެއްޓުނު ވަގުތުކަމަށް މައުލޫމާތުލިބެއެވެ.

ތައިވާންގެ ފަޔާ ޑިޕާޓްމަންޓުން ބުނީ ޒަހަމްވި މީހުންގެ އިތުރުން، އަދިވެސް އިތުރު 6 މީހަކު ގެއްލިފައިވާ ކަމަށެވެ. ފުލުހުން ބުނީ ގެއްލުނު މީހުން ހޯދުމަށް މަސައްކަތް ކުރަމުންދާއިރު މި ޕްލާންޓް ގޮވި ސަބަބު ހޯދުމަށްޓަކައި މިހާރު ދަނީ ތަހުގީގް ކުރަމުން ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *