ގެވެށި އަނިޔާ ދައްކުވައިދޭ މަންޒަރު

ރަށްތަކުގައި ހިނގާ ގެވެށި އަނިޔާގެ މައްސަލަތަކުގައި އިޖާބަދޭ ފުރަތަމަ އިދާރާގެ ގޮތުގައި އެ ރަށެއްގެ ކައުންސިލް ހަމަޖެއްސުމާ ބެހޭ އުސޫލުތައް ކަނޑައަޅައި ގަވައިދެއް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ، އެފް.ޕީ.އޭއިން އެކުލަވާލައިފިއެވެ.

އެފް.ޕީ.އޭއިން އިން ބުނީ ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން ކައުންސިލުތަކާ މަސްއޫލިއްޔަތު ހަވާލުކުރުމުގެ ގަވާއިދު" ގެ ނަމުގައި އާއްމުކުރެއްވި މި ގަވާއިދުގައިވާ ގޮތުން ފުލުހުންގެ މަރުކަޒެއް ނުވަތަ ޑެސްކެއް ނުވަތަ ފެމިލީ އެންޑް ޗައިލްޑް ސާވިސް ސެންޓަރެއް ނުވަތަ ނުވަތަ ޑެސްކެއް ނެތް ރަށެއްގައި ގެވެށި އަނިޔާގެ މައްސަލަތަކަށް ފުރަތަމަ އިޖާބަދޭ ފަރާތްތެއްގެ ގޮތުގައި މަސައްކަތް ކުރާނީ ޖެންޑަރ މިނިސްޓްރީއާއި ކައުންސިލާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން ކައުންސިލްތަކުން ކަމަށެވެ.

އެގޮތުން ކައުންސިލްތަކުން މަސައްކަތް ކުރަން ޖެހޭނީ ފުލުހުން ނުވަތަ ފެމިލީ އެންޑް ޗައިލްޑް ސާވިސް ސެންޓަރުން ނުވަތަ މިނިސްޓްރީ އިރުޝާދު ދޭ ގޮތެއްގެ މަތިން ކަމަށް ވެސް ގަވާއިދުގައިވާކަން އެ އިދާރާއިްނ ބުނެއެވެ.

އެފް.ޕީ.އޭއިން ވިދާޅުވީ، މި ގަވާއިދުގެ މައިގަނޑު މަގްސަދަކީ ކައުންސިލްތަކުގެ އިޙްތިސާސް ހިނގާ ސަރަޙައްދުތަކުގައި ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު އުފުލުމަށް އެކައުންސިލަކަށް މަގުފަހި ކޮށްދިނުންކަމަށާއި ގެވެށި އަނިޔާ ހުއްޓުވުމުގެ ޤައުމީ ސިޔާސަތު ތަންފީޒު ކުރުމުގައި ކައުންސިލްތަކުގެ ބައިވެރިވުން ހޯދޭނެކަން ކަށަވަރު ކުރުންކަމަށެވެ.

މި ގަވައިދުގައިވާ ބަޔާންކޮށްފައިވާގޮތުން ގެވެށި އަނިޔާގެ މައްސަލައެއް ރަށު ތެރޭގައި ހިނގާކަމުގެ މައުލޫމާތު ލިބިއްޖެނަމަ ނުވަތަ ފާހަގަކުރެއްވިއްޖެނަމަ ވަގުތުން ފުލުހުންނަށް އަންގަން ޖެހޭނެއެވެ. އަދި އެ ރަށެއްގައި ހިނގާ ގެވެށި އަނިޔާގެ މައްސަލަތަކުގެ ތަފާސްހިސާބުތައް ބަލަހައްޓައި މިނިސްޓަރު އަންގަވާ ގޮތެއްގެ މަތިން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް އަންގަން ޖެހޭކަމަށް އެފް.ޕީ.އޭއިން މައުލޫމާތުދެއެވެ.

މީގެ އތުރުން ގެވެށި އަނިޔާގެ މައްސަލައެއްގައި ފިޔަވަޅު އަޅަން ފުލުހުން ނުވަތަ މިނިސްޓްރީއަށް ދެވެންދެން ރަށު ކައުންސިލުތަކުން އަމަލުކުރަން ޖެހޭ ގޮތްވެސް މި ގަވައިދުގައި ބަޔާންކޮށްފައިވާއިރު ގެވެށި އަނިޔާއާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގައި މަދަނީ ޖަމާއަތްތަކުގެ އެހީތެރިކަންވެސް ހޯދަން ގަވައިދުގައި ބުނެފައިވެއެވެ.

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ބުނީ ގެވެށި އަނިޔާގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގައި ރަށުގައި ނުވަތަ އަތޮޅުގައި އަދި ސިޓީގައި ހަރަކާތްތެރިވާ މުވައްސަސާތަކުން ކައުންސިލްތަކުގެ އެއްބާރުލުމާއި އެހީތެރިކަން އެދިއްޖެނަމަ އެ ކައުންސިލްތަކުން އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދޭން ޖެހޭނެކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *