އިސްކަންދަރު ސުކޫލު ހޯލުގައި ވޯޓުލުން ފެށިގެން ކުރިޔަށް ދަނީ

ދެވަނަ ބުރުގެ ވޯޓާސް ލިސްޓާއި ގުޅިގެން މިހާތަނަށް ލިބިފައިވަނީ 34 ޝަކުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް އިސްމާއިލް ހަބީބު މިއަދު ވިދާޅުވީ ފޯމް ހުށަނާޅައި ފޯމް ހުށަހެޅިކަމަށް ޝަކުވާ ލިބެމުންދާ ކަމަށާއި އޮންލައިންކޮށް ފޯމް ހުށަހެޅިޔަސް އެކަން އެނގޭނެ ކަމަށެވެ. އަދި މެސެޖްގެ އިތުރުން އޯޓީޕީ ވެސް ލިބޭނެ ކަމަށާއި ހެއްކާއެކު ހުށަހެޅުމުން އެ ޝަކުވާއަކަށް ރިޔާއަތްކުރާނެ ކަމަށް ހަބީބް ވަނީ ވިދާޅުވެފައެވެ.

ހަބީބު ވިދާޅުވީ އެމީހަކު ރަޖިސްޓްރީވެފައި އޮތީ ވޯޓްލާން ރަޖިސްޓްރީ ކުރި ތަނުގައި ތޯ ބެލުން މުހިންމު ކަމަށާއި ސުންގަޑި ހަމަވުމަށްފަހު ކޮމިޝަނަށް އިތުރު ވަގުތު ނުދެވޭނެ ކަމަށެވެ.

ދެވަނަ ބުރުގައި ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ތަން ބަދަލުކުރުމަށް ހުށަހަޅާފައިވާ ފަރާތްތައް ރަޖިސްޓަރީކޮށްފައިވާ ފޮށީގެ މަޢުލޫމާތު ހިމެނޭ ރަޖިސްޓްރީ އާންމުކޮށް، ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ ސެޕްޓެމްބަރު 21 ވަނަ ދުވަހުއެވެ. އަދި ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިރޭ 09:00 ގެ ނިޔަލަށް އިލެކްޝަންސް އިން ވަނީ ހުޅުވާލަފައެވެ.

ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅަނީ "ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާ ބެހޭ ޝަކުވާ ހުށަހަޅާ ފޯމު" އިންނެވެ. މި ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެކަމަށް އިލެކްޝަންސް އިން ބުނެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ރީރަޖިސްޓްރީކުރުމަށް 50,047 ފޯމު ހުށަހަޅާފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *