އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް. ފޮޓޯ: ރާއްޖެ އެމްވީ

އޮބްޒާވަރުންނާއި މޮނީޓަރުންގެ މައްޗަށް ނުފޫޒު ފޯރުވައިގެން ސައްހަ ވޯޓް ބާތިލް ވޯޓަކަށް ބަދަލުކުރުމަކީ ނުރައްކާތެރިކަމެއްކަމަށް އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ޕްރެސް ކޮންފެރެންސްގައި ވާހަކަދައްކަވަމުން ހަބީބް ވިދާޅުވީ އޮފިޝަލުންގެ ތަމްރީނު ޕްރޮގްރާމްތަކުގަ އަދި ރިޕޯޓަށް ބަލާއިރުވެސް ބައެއް ރިޕޯޓްތަކުން ފާހަގަ ވަނީ ސައްހަ ވޯޓާ ބާތިލް ވޯޓު ވަކި ކުރުމުގައި މޮނީޓަރުންނާއި އޮބްޒާވަރުންގެ މައްޗަށް ނުފޫޒު ފޯރުވައިގެން ސައްހަ ވޯޓު ބާތިލް ވޯޓަކަށް ބަދަލު ކުރުމާއި އަދި ބާތިލް ވޯޓެއް ސައްހަ ވޯޓަކަށް ބަދަލުކުރާ މައްސަލަ ވަރަށް ބޮޑަށް ފާހަގަވެފައިވާ ކަމަށެވެ.

ހަބީބް ވިދާޅުވީ މިއީ ނުރައްކާތެރިކަމެއް ކަމަށާއި، އެއީ ގާނޫނުގައި އޮބްޒާވަރުންނާއި މޮނީޓަރުންނަށް ލިބިދޭ ހައްގެއްވެސް ނޫންކަމަށެވެ. ވޯޓު ގުނާއިރު ސައްހަ ވޯޓާއި ބާތިލް ވޯޓާމެދު ޝަކުވާ ހުށަހެޅުމުގައި ހައްގު ލިބިގެންވާ ދެފަރާތެއްވާކަމަށާއި އެއީ ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ ފަރާތުނަ ތިއްބަވާ މަންދޫބުން ކަމަށް ހަބީބް ވިދާޅުވިއެވެ. މޮނިޓަރުންނަކީ ނޫސްވެރިން ކަމަށްވުމުން އެފަރާތްތަކަށް ގާނޫނު އޮތް ގޮތުގެ މަތިން އެ ޝަކުވާއެއް ނުއުފުލޭނެކަމަށާއި އަދި އޮބްޒާވަރުންވެސް ހުންނަވަންޖެހޭނީ އޮބްޒާވް ކުރައްވަންކަން ހަބީބު ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން ވޯޓުލުމުގެ ކަންކަން ހިނގާއިރު ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން އެއްވެސް ކަހަލަ ބިރުވެރިކަމެއް އަދި ނުފޫޒެއް ނެތި މިނިވަންކަމާއި އެކީގައި ލެވޭ ވޮޓަކަށް މި ވޯޓު ވާންޖެހޭނެކަމަށާއި މިކަމަށް ހުރިހާ ބޭފުޅުންވެސް ކޮމިޝަނަށް އެއްބާރުލުންދެއްވުމަށް ހަބީން ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ހަބީބް ވިދާޅުވީ ބާތިލްވޯޓުގެ ކަންކަމުގައި ރައްޔިތުން އިތުރަށް ހޭލުންތެރިކުރުމުގެ މަސައްކަތްތަކެއްވެސް މިހާރު ކުރަމުންދާކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *