ނޭޕާލްގައި ތައުލީމީ ބިލަކާ ދެކޮޅަށް އެތައް ހާސް ޓީޗަރުންނެއް މުޒާހަރާ ކޮށްފިއެވެ.

ނޭޕާލްގެ މަޖިލީހުގައި ތައުލީމީ އިސްލާހުގެ ބިލެެއް ފާސްކުރުމާ ދެކޮޅަށް، ހުކުރު ދުވަހު ވެރިރަށް ކަތަމަންޑޫގައި 10،000 ޓިޗަރުން މުޒާހަރާކުރުމުގެ ސަބަބުން ގާތްގަނޑަކަށް 29،000 ސްކޫލް ބަންދުކޮށްފައިވާކަމަށް އެގައުމުގެ މީޑިއާތަކުން މައުލޫމާތުދެއެވެ.

ސްކޫލް ތައުލީމުގެ ބިލާ ދެކޮޅަށް ކަތަމަންޑޫގައި ބުދަ ދުވަހުން ފެށިގެން ޓީޗަރުން މުޒާހަރާ ކުރަމުން ދިޔައިރު ޓީޗަރުންގެ އިސް ގްރޫޕްތަކުންވަނީ ސަރުކާރުގެ އިސްވެރިންނާ އެކު މަޖިލީހުގައި ގެނެވުނު ބަދަލާމެދު މަޝަވަރާކޮށްފައެވެ. މަޝްވަރާގައި ޓީޗަރުން ދެކޮޅު ހަދައިފައިވަނީ ސަރުކާރުން ހިންގާ ސްކޫލްތައް ލޯކަލް ކޮންޓްރޯލަށް ބަދަލުކުރާ މައްސަލައެވެ. ޓީޗަރުން ބުނީ އެ ބިލްގެ ސަބަބުން އެމީހުންގެ މަގާމު ދަށްވެ، ވަގުތީ ޓީޗަރުން އެމީހުންގެ މަގާމުތަކުން ވަކިވުމަށް މަގުފަހިވެގެންދާނެކަމަށެވެ.

މަޖިލިސް އިމާރާތުން ފެށިގެން ސަރުކާރުގެ މުހިއްމު އޮފީސްތަކަށްދާ މައިމަގުތައް ޓީޗަރުން ވަނީ ބަންދުކޮށްފައެވެ. މިކަމުގެ ސަބަބުން ނޭޕާލް ވެރިރަށް ކަތަމަންޑޫގައި ދަތުރުފަތުރު ކުރުމަށް ދަތިތަކަކާއި ކުރިމަތިވިއެވެ. އަދި މިމިއްސަލަ އިތުރަށް ގޯސްވުމުގެ ސަބަބުން ފުލުހުން އެދުވަހުވަނީ މަޖިލީހަށް ވަންނަ މަގު ބެރިކޭޑް ޖަހައިގެން ބަންދުކޮށްފައިކަމަށް މީޑިއާ ތަކުން ރިޕޯޓްކުރެއެވެ.

މުޒާހަރާ ކުރި ޓީޗަރުން ވަނީ އެމީހުންގެ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބިއްޖެނަމަ އިތުރު މުޒާހަރާއެއް ފަށާނެކަމަށް ބުނެ ސަރުކާރަށް އިންޒާރުދީފައެވެ.

މުޒާހަރާގެ އެއްވުމުގައި އެތަނުގައި ހުރި ހައި ސްކޫލް ޓީޗަރެއް މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނީ ޓީޗަރުންވެސް ސަރުކާރުގެ އެހެން ޕްރޮފެޝަނަލް ފަރާތްތަކެކޭ އެއްފަދައިން މަރުކަޒީ ސަރުކާރުގެ ދަށުގައި ތިބެން ބޭނުންވާކަމަށާއި ސިޔާސީ ހުރިހާ ކަމެއް ކޮންޓްރޯލް ކުރާ ލޯކަލް އޮތޯރިޓީތަކުގެ ކޮންޓްރޯލްގެ ދަށުގައި ޓީޗަރުން ތިބެން ބޭނުންނުވާކަމަށެވެ.

އޭނާ ބުނީ ސިވިލް ސާވަންޓުން ފަދައިން ހަމަހަމަ މުސާރައާއި ހައިސިއްޔަތާއި އެހެނިހެން ވަސީލަތްތަކާއި އިނާޔަތްތައް ވެސް ޓީޗަރުންނަށް ލިބެންޖެހޭނެކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *