އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް

އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްގެ އޮތީ އެއް ފިކުރެއް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރޭ އައްޑޫ ސިޓީ ހުޅުދޫގައި ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ ރައްޔިތުން ބޭނުންވާ ގޮތަށް ވެރިކަންކުރުމުގެ ނިޒާމު ފުރޮޅިގެންދިޔައީ އެމްޑީޕީ އަދި މިހާރު އެމްޑީޕީ ދޫކޮށް ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް ހަދައިގެން އުޅުއްވާ ބޭފުޅުންގެ ވެސް މަސައްކަތުން ކަމަށާއި ވަކިން ޕާޓީއެއް ހަދައިގެން ތިބި ނަމަވެސް އެމްޑީޕީ އާއި ޑިމޮކްރެޓްސް ގެންގުޅެނީ އެއް ފިކުރެއްކަމަށެވެ.

މީގެ އިތުރުން އަސްލަމް ވިދާޅުވީ ވަކިން ޕާޓީއެއް ހަދައިގެން ޑިމޮކްރެޓްސްގެ ބޭފުޅުން ތިބި ނަމަވެސް އެމްޑީޕީއާ މާ ދުރަށް އެ ބޭފުޅުންނަށް ނުދެވޭނެ ކަމަށެވެ. އަދި ފަށައިގެން ކުރިއަށްގެންދާ މަސައްކަތްތައް ނިންމައި ނަތީޖާ ހާސިލުކުރަން އެކުގައި މަސައްކަތް ކުރަން އަސްލަމް ވަނީ ޑިމޮކްރެޓްސްގެ ބޭފުޅުންނަށް ދައުވަތު އަރުވާފައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ޑިމޮކްރެޓްސް އިން ނިންމާފައިވާއިރު އިންތިހާބުގެ ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 30 ގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *