އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކެމްޕެއިނަށް ވިލިމާލެއަށް ވަޑައިގެން ދޮރުން ދޮރަށް ހިންގަވާ ވިލިމާލެ ރައްޔިތުންނާ ބައްދަލު ކުރައްވައިފިއެވެ.

މިއަދު ހަވީރު އެމްޓީސީސީގެ ފެރީގައި ވިލިމާލެއަށް ވަޑައިގެން ވިލިމާލޭގެ ގެތަކަށް ޒިޔާރަތް ކުރައްވާ ރައީސް ސޯލިހް ވަނީ އެ އަވަށު ރައްޔިތުންގެ ހާލަތު ބައްލަވާލައްވާފައެވެ.

ރައީސް ސޯލިހް ވިލިމާލެއަށް ވަޑައިގެންނެވިއިރު އެމަނިކުފާނުގެ ކެމްޕެއިން ސްޕޯކްސްޕާސަން އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީގެ އިތުރުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު ވެސް ވަނީ ވިލިނގިއްޔަށް ވަޑައިގެންފައެވެ.

މާލެ ސަރަހައްދުގައި ތަފާތު އެކި ކެމްޕެއިން ހަރަކާތްތައް ރައީސް ބާއްވަވަމުންދާއިރު މާލޭގައި ދޮރުން ދޮރަށް ހިންގަވައި ކެމްޕެއިން ކުރެއްވުމުގެ އިތުރުން ރައީސް ގެންދަވަނީ ކެމްޕެއިން ޖަލްސާތައް ވެސް ބާއްވަވަމުންނެވެ.

މީގެ އިތުރުން ރައީސް ވަނީ ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރު ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯތުލުން ބޭއްވުމަށް ހަމޖެހިފައިވަނީ މި ސެޕްޓެމްބަރު މަހުގެ 30ހުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *