ދުނިޔޭގެ ހަނދާނީ ބިނާތަކުގެ ލިސްޓުގައި ހިމެނޭ އައްޑޫ ކޯގަންނު ގަބުރުސްތާނުގެ މަހާނަ ގާތަކަކަށް ބަޔަކު މިއަދު ގެއްލުން ދީފިއެވެ.

މައުލުމާތު ލިބިފައިވަ ގޮތުގައި އެތަނަށް ގެއްލުން ދީފައި ވަނީ މިއަދުގެ ހުކުރު ވަގުތުގައެވެ. ގާތަކަށް ގެއްލުން ދިނީ ސެކިއުރިޓީ ބަލަހައްޓާ މީހާ ހުކުރަށް ދިޔަ ވަގުތު ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މިކަމާ ގުޅިގެން ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވީ އެފަދަ ދުވަސްވީ އާސާރުތައް ގަސްތުގައި ހަލާކުކޮށް ގެއްލުންދީ ހެދުމަކީ ވަރަށް ދެރަކަމެއްކަމަށާއި ރަށަށާއި އަތޮޅަށާއި ޤައުމަށްވެސް ލިބޭ ބޮޑު ގެއްލުމެއްކަމަށެވެ. ޔުމްނާ ވިދާޅުވީ މިއީ ގާނޫނީ ކުށެއްކަމަށާއި މިމައްސަލަ މިހާރުދަނީ މޯލްޑިވްސް ހެރިޓޭޖް އިން ބަލައި އައްޑޫ ކައުންސިލްއާއި މަޝްވަރާކުރަމުން ކަމަށެވެ.

މީދޫ އަވަށުގައި ހުންނަ އެ ގަބުރުސްތާނަކީ މީގެ 900 އަހަރު ކުރިން އެ ރަށުގައި ފުރަތަމަ އިސްލާމްދީން ގަބޫލުކޮށްގެން ތިބި މުސްލިމުން މަރުވުމުން އެމީހުން ވަޅުލާފައިވާ ތަނެއް ކަމަށް ތާރީހު ދިރާސާ ކުރައްވައި ބޭފުޅުން ވިދާޅުވެ އެވެ.އަދި އެއީ ރާއްޖޭގައި މިހާރު ހުރި އެންމެ ބޮޑު އަދި އެންމެ ގަދީމީ ގަބުރުސްތާނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *