ހުޅުމާލެގައި އީސްކޫޓަރުގެ ހިދުމަތް އާބަންކޯއިން ތައާރަފްކޮށްފިއެވެ.

ބުރާސްފަތި ދުވަހު ހުޅުމާލޭގައި އޮތް ރަސްމިއްޔާތެއްގައި އާބަންކޯއިން ވަނީ މި ހިދުމަތް ދައްކާލާފައެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި ހަދާފައިވާ އާބަން ގްލައިޑް ސެންޓަރުގައި، އީ ސްކޫޓަރ ލިބޭނެ ގޮތް ހަމަޖައްސައި އެތަނުގައި ހަތަރު އީ-ސްކޫޓަރ މިހާރު ބަހައްޓާފައި ވީނަމަވެސް މި ހިދުމަތް ކަސްޓަމަރުންނަށް ރަސްމީކޮށް ހުޅުވާލަން ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހު ކަމަށް އާބަން ކޯއިން ބުނެއެވެ.

އާބަންކޯގެ ސްމާޓްކޮމްގެ މެނޭޖަރ ސްމާޓް ސޮލިއުޝަން އަޙުމަދު ނައުފަލް ވިދާޅުވީ މިއީ ޕައިލެޓް ޕްރޮޖެކްޓެއް ކަމަށާއި އެކަމަށް ތަރުހީބު ލިބޭވަރަކުން އިތުރު ޑޮކިންއެއް ބަހައްޓާ ސްކޫޓަރ އިތުރު ކުރާނެކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ އީ-ސްކޫޓަރތައް ޤާއިމްކޮށްފައިވަނީ އެކަމަށް ޚާއްސަކޮށްހަދާފައިވާ ޑޮކިން ސްޓޭޝަންތަކުގައިކަމަށާއި ބެޓެރިން ދުއްވާ މި އީ ސްކޫޓަރުތައް ޗާޖުކުރާނީވެސް އެ ޑޮކިން ސްޓޭޝަންތަކުންކަމަށެވެ.

އަދި މި ސްކޫޓަރތައް ދުއްވުމަށް ބޭނުންވާ ފަރާތްތަކުން ފުރަތަމަ ޖެހޭނީ "އާބަން ގްލައިޑް" އެޕްލިކޭޝަން އަޅައި ރަޖިސްޓްރީވާންކަމަށާއި އެެއަށްފަހު އެޕް ތްރޫކޮށް ސްކޫޓަރ ގެ އެކްސެސް އެފަރާތަކަށް ލިބިގެންދާނެކަމަށްވެސް އާބަންކޯއިން މައުލޫމާތުދެއެވެ.

މީގެ އިތުރުން ސްކޫޓަރުތައް ދުއްވުމަށް ވަކި ސަރަހައްދުތަކެއް މަގުތަކުގައި ކަނޑައަޅާފައިވާއިރު އީ ސްކޫޓަރު ދުއްވާނެ ސަރަހައްދު އެނގޭނެހެން މަގުތަކުގައި ނޫކުލައިގެ ރޮގަކުން ފާހަގަކޮށްފައިވާނެކަމަށް އާބަންކޯއިން ބުނެއެވެ. އަދި އެ ސަރަހައްދުން ބޭރަށް ނިކުމެއްޖެނަމަ އެލާމް އަޅައި، ހުއްޓޭނެ ކަމަށްވެސް އާބަންކޯއިްނ މައުލޫމާތު ދެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *