ސިފްކޯ ހިޔާ ފްލެޓްތައް - ފޮޓޯ: އެމްއެންޑީއެފް

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސިފައިންނަށް ޚާއްސަކޮށްގެން ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫޢުއެއް ކުރިއަށްގެންދިޔުމަށް ނިންމައިފިއެވެ.

ޕީއެސްއެމްއަށް ދިން އިންޓަވިއުއެއްގައި މިނިސްޓްރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަހްމަދު ދީދީ ވިދާޅުވީ، ދިވެހި ސިފައިންނަށް ހުޅުމާލެ ދެވަނަ ފިޔަވަހިން އެއްލައްކަ އަކަފޫޓްގެ ބިމެއް ސަރުކާރުން ހަމަޖައްސަވާ ދެއްވާފައިވާކަމަށެވެ.

މާރިޔާ ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސާލިހް ދެވަނަ ދައުރަކަށް އިންތިހާބުވަޑައިގަންފިނަމަ އެބިމުގައި ސިފައިންގެ އާއިލާތަކަށް ޚާއްސަކޮށްގެން ފްލެޓްތަކެއް އަޅުއްވާނެ ކަމަށެވެ.

މިނިސްޓަރ މާރިޔާ ވިދާޅުވީ ސިފައިންނަށް ބޯހިޔާވަހިކަން ހޯއްދަވައިދެއްވުމަށްޓަކައި ކުރައްވާ މަސައްކަތުގެ ދަށުން މިހާރު ސަފައިންނާއި ސިފައިންގެ އާއިލާތައް ދިރިއުޅެމުން އަންނަ ބަނޑޭރި ކޮށި ތަރައްގީކުރުމުގެ ޕްލޭނެއްވެސް ގެންގުޅުއްވާކަމަށެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަކީ ދިވެހި ސިފައިންނަށްވެސް ދިމާވެފައިވާ ބޮޑު މައްސަލައެއްކަމުން މިގޭ 10 އަހަރު ކުރިން ސިފައިންނަށް ޚާއްސަކޮށްގެން ބޯހިޔާވަހިކަމުގެ މަޝްރޫޢުއެއް 2013 ވަނަ އަހަރު ފެށިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *