ދައުލަތުގެ މާލީ އެއްވެސް ކަމެއް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ މި ސަރުކާރުން ސިއްރުނުކުރާކަމަށާއިި އެ ކަން ކުރީ ކުރީގެ ޕީޕީއެމް ސަރުކާރުންކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ބ. ކަމަދޫގައި ބޭއްވި ކެމްޕޭނު ޖަލްސާގައި މުއިއްޒު ވިދާޅުވީ މި ސަރުކާރުން ދަރަނި މައްޗަށް ދަރަނި ނަގަމުންދާ ކަމަށާއި ނަމަވެސް ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ ސޮއިކޮށްފައި ހުންނަ ލޯން އެއްބަސްވުންތަކުގެ އިންޓްރެސްޓް ރޭޓްް ވެސް ހާމަކޮށްލަން ނުކެރޭ ކަމަށެވެ.
މުއިއްޒަށް ރައްދު ދެއްވަމުން އަމީރު އެކްސްގައި ވިދާޅުވީ ބޭރު ގައުމުތަކުން ނަގާ އެއްވެސް ލޯނެއްގެ މައުލޫމާތު ސިއްރު ނުކުރާ ކަމަށާއި ޤާނޫނުގަވާ ގޮތުގެ މަތިން މިހާރު ވެސް، ރައްޔިތުންގެ މަޖިލީހާއި އެމްއެމްއޭ އާއި ހިއްސާކުރާ ކަމަށެވެ. އަދި އެހެނިހެން މައުލޫމާތު ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި މިހާރު ވެސް ހުންނާނެ ކަމަށް އަމީރު ވިދާޅުވިއެވެ.
އަމީރު ވަނީ 2013-2018 އަށް މަޖިލީހަށް ދަރަންޏާއި، މާލީ ހާލަތާއި ބެހޭ ރިޕޯޓްތައް ފިނޭންސުން ފޮނުވުމުން އެފޮރުވައިގެން އުޅުނު ބަޔަކު ދައްކަން ރަނގަޅު ވާހަކަތަކެއް ނޫން ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި އަބަދު އޮޅުވާލުމާއި މަކަރު ހެދުމަކީ އެހާ ރަނގަޅު ކަމެއް ނޫން ކަމަށްވެސް އަމީރު ވިދާޅުވިއެވެ.