އެސްޑީއެފްސީ ބޭންކް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް

އެސްޑީއެފްސީން ކޮވިޑާ ގުޅިގެން ދޫކުރި "ކޮވިޑު ވިޔަފާރި އެހީ" ލޯނުތަކުގެ އިންޓަރެސްޓު މާފުކޮށްދިނުމަށް ރައީސް އިބްރާހީމް މުޙައްމަދު ސޯލިހް ނިންމަވައިފިއެވެ.

އެގޮތަށް ނިންމަވާފައިވާކަން ރައީސް ސޯލިހު އިއުލާންކުރެއްވީ ރޭ ބޭއްވި އެމަނިކުފާނުގެ ރިޔާސީ ކެމްޕޭން ހަރަކާތް، ހުވަދޫ ޖަގަހަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ޑޯޓުޑޯގެ ތެރެއިން އެ ލޯނު ދައްކަންޖެހޭ މުއްދަތު އިތުރުކުރުމާއި، އޭގެން ނަގާ އިންޓަރެސްޓް ކަނޑާލުމަށް ބައެއް މީހުން އެދުނު ކަމަށެވެ.

އެ ލޯނުތައް އަނބުރާ ދައްކަންޖެހޭ މުއްދަތު މިހާރަށް ވުރެ 10 އަހަރު އިތުރުކުރުމަށް ވެސް ރައީސް ވަނީ ނިންމަވާފައެވެ. އަދި، މީގެ ކުރިން އިންޓަރެސްޓުގެ ގޮތުގައި ލިބިފައި ހުރި ފައިސާ އަނބުރާ ދިނުމަށް ވެސް ނިންމަވާފައިވެއެވެ.

ކޮވިޑުގެ ބަލިމަޑުގައި ރާއްޖޭގެ އިގުތިސޯދު ދަށަށް ދިޔުމާ ގުޅިގެން ވިޔަފާރިތަކާއި އާމްދަނީ ހޯދަން އަމިއްލަ އަށް މަސައްކަތް ކުރަމުން ދިޔަ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން ސަރުކާރުގެ 100 ޕަސެންޓު ހިއްސާ އޮންނަ އެސްއެމްއީ ބޭންކުން 2020، އަދި 2021 ވަނަ އަހަރު ޖުމުލަ 373 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފައިވެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *