ގާނޫނީ ވަކީލުން ހުވާކުރުމަށް 2018 ވަނަ އަހަރު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---- ފޮޓޯ: މިހާރު

ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ވޭތުވި ހަތަރު އަހަރު ދުވަހުގެ ސްޓެޕް އެލަވަންސް ދިނުމުގެ ހުއްދަ ފިނޭންސް މިނިސްޓްރީން ދިނުމާ ގުޅިގެން ވޭތުވި ހަތަރު އަހަރުގެ އެލަވަންސް އަންނަ މަހު ދިނުމުގެ މަސައްކަތް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ފަށައިފި އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، ސްޓެޕް އެލަވަންސް ދިނުމަށް ފީނޭންސް މިނިސްޓްރީން ހުއްދަ ދިނުމުން، މި އަހަރުގެ އޮކްޓޯބަރު މަހުގައި ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް އެ އެލަވަންސް ދިނުމަށްޓަކައި ހަމަޖައްސަން ޖެހޭ އިދާރީ އިންތިޒާމްތައް ހަމަޖެއްސުމަށް މިހާރު ވަނީ ކޯޓުތަކަށް އެ މައުލޫމާތު ހިއްސާކޮށްފައި ކަމަށެވެ. އެގޮތުން ޕާފޯމަންސް އެޕްރެއިސަލް ފޯމްތައް ފުރިހަމަ ކުރުމަށްފަހު އަންނަ އޮކްޓޯބަރު މަހުގެ 5 ގެ ނިޔަލަށް ފޮނުވާ ފޯމްތަކަށް މި އެލަވަންސް ދޭވޭނެ ކަމަށް އެ ޑީޕާޓްމަންޓުން ބުނެއެވެ.

ސްޓެޕް އެލަވަންސަކީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރާ ގުޅުވައިގެން ކޮންމެ ދެ އަހަރުން އެއް އަހަރު ދެވޭ މުސާރައިގެ ކުރިއެރުމެކެވެ. މިހެން ނަމަވެސް ފިނޭންސް މިނިސްޓްރީން ހުއްދަ ނުދީ އޮތުމާ ގުޅިގެން މަސައްކަތުގެ ފެންވަރު ބެލުމުގެ މުއްދަތުތައް ކަމުގައިވާ 2019–2020 އަދި 2021–2022 އެލަވަންސް މުވައްޒަފުންނަކަށް ނުލިބެ އެވެ.

މީގެ އިތުރުން ކުރިއަށް އޮތް އަހަރުތަކުގައި ވެސް މި ކުރިއެރުން ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދިނުމުގެ ހުއްދަ ފިނޭންސް މިނިސްޓްރީން ދީފައި ވާތީ، ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދަށް އިސްލާހުތަކެއް ގެނެސްފައިވާ ކަމަށް ވެސް ޑީޖޭއޭ އިން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *