ރަށުން ބޭރުގައި މަސައްކަތްކުރާ ޕްރިންސިޕަލުންގެ ހައުސިންގ އެލަވެންސް 7000 ރުފިޔާއަށް ބޮޑުކުރަން ނިއްމާފައިވާ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެއެވެެ.

އެމްޑީޕީން ރޭ މާލޭގައި ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ޕްރިންސިޕަލުންގެ ހައުސިން އެލަވަންސް ބޮޑުކުރަން ނިންމެވީ އަމިއްލަ ރަށް ނޫން އެހެން ރަށްރަށުގައި މަސައްކަތްކުރަން ޖެހިފައިވާ ޕްރިންސިޕަލުން ގެދޮރު ކުއްޔަށް ހިފަން ކުރަންޖެހޭ ހަރަދު ބޮޑުވުމުގެ މައްސަލަ ދިމާވާތީ ކަމަށެވެ.

އެހެންކަމުން އެކަމަށް ހައްލެއް ހޯދަދިނުމަށްޓަކައި އަމިއްލަ ރަށް ނޫން ރަށުގައި މަސައްކަތް ކުރާ ޕްރިންސިޕަލުންނަށް ހައުސިން އެލަވަންސްގެ ގޮތުގައި 7،000 ރުފިޔާ ދޭން މިހާރު ނިންމައިފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އަމިއްލަ ރަށް ފިޔަވައި އެހެން ރަށެއްގައި ވަޒީފާ އަދާކުރާ ޕްރިންސިޕަލުންނަށް "ރޫރަލް ރިޓެންޝަން ޕޮލިސީ"ގެ ދަށުން އިނާޔަތުގެ ގޮތުގައި ކޮންމެ މަހަކަށް ހަތް ހާސް ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައި ވާކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވެސް ބުނެފައި ވާއިރު "ރޫރަލް ރިޓެންޝަން ޕޮލިސީ"ގެ ދަށުން ދޭ އިނާޔަތަށް ޝަރުތު ހަމަވާ ޕްރިންސިޕަލުންނާ، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ އިއްޔެ ބައްދަލުކުރައްވާފައެވެ.

އަދި އެ ބައްދަލުކުރެއްވުމުގައި އެޑިއުކޭޝަން މިނިސްޓަރު ވަނީ އެ ޕޮލިސީއާ ގުޅޭ އިތުރު މައުލޫމާތު ޕްރިންސިޕަލުންނާ ހިއްސާ ކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *