އުމަރު 2023 ރިޔާސީ ކެމްޕޭން ލޯންޗް ކުރުމަށް ސަލްޓަންޕާކުގައި ބޭއްވި ޖަލްސާގެތެރެއިން - ފޮޓޯ: ސަން

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން އަމިއްލަގޮތުން މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ނިންމަވައިފިއެވެ.

މިއަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ގިނަ ބަޔަކު ހައިރާން ކޮށްލުމަށްފަހު ހަތަރު ވަނައަށް އެންމެ ގިނަ ވޯޓު ހޯދީ ޢުމަރަށެވެ. އެގޮތުން 2.87 ޕަސެންޓާއެކު 6،343 ވޯޓު އޭނާއަށް ލިބިފައިވެއެވެ.

އުމަރު ވިދާޅުވީ މި ރާއްޖެއަށް މިވަގުތު އޮތް އެންމެ ބޮޑު އެއް މައްސަލައަކީ މި ގައުމުގައި އިންޑިއާ ސިފައިން ތިބޭ ތިބުން ކަމަށެވެ. އެހެވެގެން، އެ މައްސަލަ ކޮޅެއްގައި ޖެހެންދެން އެ ވާހަކަ ދައްކަން ކެރޭ ވަރުގެ ބަޔަކު ތިބެންޖެހޭ ކަމަށެވެ.

އެހެން ކަމުން ސަރުކާރަށް ވަދެ ހަނުހުރުމުގެ ބަދަލުގައި އޭނާގެ ނިންމުމަކީ ސަރުކާރާ ނުގުޅި އިންޑިއާ ސިފައިންގެ މައްސަލާގައި އަޑުއުފުލަން އިދިކޮޅުގައި ހުންނެވުން ކަމަށް އުމަރު ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *