އަކްރަމް ކަމާލުއްދީން. ފޮޓޯ: ދަ ޕްރެސް

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭ ފަރާތްތަކައް ގިރާވަރު ފަޅުން އަންނަ ހަފުތާގައި ބިން ދޫކުރަން ފަށާނެ ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރު، އަކްރަމް ކަމާލުންދީން ވިދާޅުވެއްޖެއެވެ.

އަކްރަމް ވިދާޅުވީ ގިރާވަރުފަޅުގެ ބޮޑުބައި މިހާރު ހިއްކާ ނިމިފައިވާ ކަމަށާ އަންނަ ހަފްތާގެ ތެރޭގައި ގޯތި ދޫކުރަން ފަށާނެ ކަމަށެވެ. އަދި މިހާރު މަސައްކަތްތައް ކުރިޔަށް ދަނީ ގޯތި ދޫކުރުމުގެ ކުރިން ކުރަން ޖެހޭ ކަންކަން ނިންމުމުގެ މަސައްކަތް ކަމަށެވެ.

ގިރާވަރު ފަޅު ހިއްކައިގެން ދޫކުރާ 5,000 ގޯތި ދެވޭ މިންވަރަށް 169 ހެކްޓަރުގެ ބިން އަންނަ އޮކްގިރާވަރު ފަޅުން ހިއްކާ ނިންމާލާނެ އެ މަސައްކަތް ކުރާ ބޮސްކާލިސް ކުންފުނިން ވެސް މީގެކުރިން ވަނީ ބުނެފައެވެ.

މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ވައުދުވެ ވެވަޑައިގެންފައެވެ.

މި ވައުދުފުޅާ އެއްގޮތަށް، ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭ ފަރާތްތަކަށް މާލޭ ސަރަހައްދުން ގޯތި ކަނޑައިދިނުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީން މިހާރު ދަނީ ކުރަމުންނެވެ.

 

0
0
0
1
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *