އިލްހާމް އެމްޑީޕީ އާއި ގުޅިވަޑައިގަތުން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއީ އަދި ދަނގެތި ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދު އެމްޑީޕީއާއި ގުޅިވަޑައިގެންފި އެވެ.

ރައީސް ދެއްވި ދައުވަތާއެކު އިލްހާމް އެމްޑީޕީއާއި ގުޅިވަޑައިގެންނެވީ މާލޭގައި މިހާރު ކުރިޔަށްދާ ޖަގަހަ ޖަލްސާގެ ތެރެއިންނެވެ.

އިލްހާމްގެ މެމްބާރޝިޕް ފޯމާއި ހަވާލުވެވަޑައިގެންނެވީ އެމްޑީޕީގެ ރިޔާސީ ކެންޑީޑޭޓު އަދި އެޕާޓީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

އެމްޑީޕީއަސް ސޮއިކުރެއްވުމުގެ ކުރިން މިރޭގެ ޖަލްސާގައި އިލްހާމް ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ތާއީދު ކުރައްވަން ނިންމެވީ އެމަނިކުފާނަކީ ކެތްތެރި ހިކުމަތްތެރި އަދި އޯގާތެރި ބޭފުޅަކަށްވާތީ ކަމަށެވެ.

އަދި ކުރިން ރާއްޖެދުށް އަނިޔާވެރިކަމަށް ރާއްޖެ އަނބުރާ ގެންދަން ބޭނުންނުވާތީ ކަމަށްވެސް އިލްހާމް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *