ރިޔާސީ އިންތިޚާބު 2023. ފޮޓޯ: ވަން

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ތިރީސް އަށްހާހަށްވުރެ ގިނަ މީހުން ރީ-ރަޖިސްޓްރީކޮށް އިލެކްޝަނުން ޝަކުވާއަށް ހުޅުވާލައިފިއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރަށްވެހިވެފައިވާ ތަން ނޫން އެހެންތަނަކަށް ވޯޓުލުމަށް 47،714 މީހުން ރީ-ރަޖިސްޓްރޭޝަނަށް ފޯމު ހުށަހެޅި ނަމަވެސް އޭގެތެރެއިން ރަޖިސްޓްރީކޮށްދީފައިވަނީ 38،763 މީހެއްގެ ފޯމެވެ. އަދި 8،951 ފޯމު ވަނީ އެކި ސަބަބުތަކާއި ގުޅިގެން ރިޖެކްޓް ކޮށްފައެވެ.

ރީ-ރަޖިސްޓްރީ ކުރުމަށްފަހު އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ލިސްޓު އެކޮމިޝަންގެ ވެބްސައިޓާއި، ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ މި ލިސްޓަށް ޝަކުވާ ހުށައެޅުމަށް 2 ދުވަހުގެ މުއްދަތެއް ދީފައެވެ. އެގޮތުން މިމަހުގެ 21 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 09:00 އިން ފެށިގެން މިމަހުގެ 23 ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު 09:00 ގެ ނިޔަލަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ވަނީ ދީފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *