ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު

3 ބިލިއަން ރުފިޔާގެ ލޯނެއް ހޯދަން ދިވެހި ސަރުކާރުން އިންޑިއާއަށް ހުށަހަޅާފައިވާކަމަށް ބުނެ ފަތުރަމުންދަނީ ހަޤީޤަތާއި ޚިލާފު ވާހަކަތަކެއްކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީރު މިހެން ވިދާޅުވީ ރާއްޖެއިން ބޮޑު ލޯނެއް ހޯދަން އިންޑިއާ ސަރުކާރުގައި އެދިފައިވާކަމަށާއި، އަދި އެކަމާއި ގުޅޭ ބައްދަލުވުންތައްވެސް ބާއްވާފައިވާކަމަށް ބުނެ ރާއްޖޭގެ މީޑިއާއަކުން ފެތުރި ހަބަރަކާއި ގުޅިގެނެވެ.

އަމީރު ވިދާޅުވީ ސަރުކާރުން 3 ބިލިއަން ރުފިޔާގެ ލޯނެއް ނަގަން އިންޑިއާގައި އެދިފައިވާކަމަށް ބުނެ ލިޔެފައިވާ ޚަބަރަކީ ކަނޑައެޅިގެން ދޮގު ޚަބަރެއްކަމަށެވެ. އަދި އެފަދަ އެއްވެސް މަޝްވަރާއެއް އެއްވެސް ފަރާތަކާއެކު ކުރިއަށްނުދާކަމަށްވެސް އަމީރު ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *