ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޖުމްހޫރީ ޕާޓީ އާއި ޑިމޮކްރެޓްސްގެ ގިނަ ބައެއްގެ ތާއީދު ލިބެމުންދާ ކަމަށާ މިއީ ހެޔޮ ފާލެއް ކަމަށް އެމްޑީޕީގ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މާފަންނުގައި ދޮރުންދޮރަށް ހިންގެވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ބައެއް ފަރާތްތަކުގެ އެންޑޯޒްމަންޓް މިހާރު ފެނިފައި ވާނެކަމަށާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ފަސޭހަވާނެ ކަމަށެވެ.

ޖޭޕީގެ މެޖޯރިޓީ މެމްބަރުން އެމްޑީޕީއާއެކު މަސައްކަތް ކުރައްވާގޮތަށް ތިއްބެވިކަމަށާއި، އެކަން ވެގެންދާނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބުކުރެއްވުމަށްޓަކައި ރަނގަޅު ފާލަކަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ޅުގަނޑު ހިތުން މިއަދުވެސް ތިބޭފުޅުންނަށް އޭގެ ބައެއް ބޭފުޅުންގެ އެންޑޯޒްމެންޓްތައް ފެނިފައިވާނެ އަދި ކުރިއަށް މިއޮތް ހައެއްކަ ގަޑިއިރު ތެރޭގައި ފެންނާނެ. ޖޭޕީގެ މެޖޯރިޓީ ކަހަލަ ގޮތަކަށް އެމްޑީޕީއާ އެކީގައި އަޅުގަނޑުމެންނާ އެކީގައި މަސައްކަތްކުރާ ތަން މިހާރު ތިބޭފުޅުންނަށް ފެންނާނެ. އިރާދަކުރެއްވިއްޔާ ވެގެންދާނެ އަޅުގަނޑުމެން ކުރިއަށް މި އޮތް ދެވަނަ ބުރު ކާމިޔާބުކުރުމަށްޓަކައި ލިބޭ ވަރަށް ރަނގަޅު ފާލަކަށް،

ރައީސް ވިދާޅުވީ ޑިމޮކްރެޓްސްގެ ގިނަ ބަޔަކު މިހާރު އެމްޑީޕީއާ އެކު ނުކުމެ މަސައްކަތް ކުރަމުންދާ ކަމަށާ ގާތްގަނޑަކަށް އެންމެންގެ ތާއީދު ވެސް މިހާރު ލިބެމުން އަންނަ ކަމަށެވެ. ދަ ޑިމޮކްރެޓްސްއާއެކު އިންތިހާބުގެ ފުރަތަމަ ބުރުގައި މަސައްކަތް ކުރެވުނު ނަމަ އިންތިހާބުގެ ފުރަތަމަ ބުރު ކާމިޔާބުކުރަން ފަސޭހަވީސް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އެހެންނަމަވެސް އަޅުގަނޑު ގަބޫލުކުރަނީ މިހާތަނަށް މި ކުރެވުނު މަސައްކަތުން ޑިމޮކްރެޓްސްގެ ބޮޑު ބައެއް އަޅުގަނޑުމެންނާ އެކީގަ މަސައްކަތް ކުރަން މިހާރު ނުކުމެ އެބަތިބި،"

އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރަން ޖުމްހޫރީ ޕާޓީން ވަނީ ނިންމާފަ އެވެ. މިގޮތަށް ނިންމި ނަމަވެސް ޖޭޕީގެ އާންމު މެމްބަރުންނަށް ބޭނުން ކެންޑިޑޭޓަކަށް ތާއީދުކުރުމުގެ ހައްގު އޮންނާނެ ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ވިދާޅުވެފަ އެވެ.

ޖޭޕީގެ އިތުރުން ޑިމޮކްރެޓުން ވެސް ވަނީ ދެވަނަ ބުރުގައި ވަކި ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ނިންމާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *