ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤަރާރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހަށް ފޮނުވައިފިއެވެ.

ނިޒާމީ ވޯޓު ނެގުމަށް ގޮވާލާ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު މަޖިލީހަށް ހުށަހެޅުއްވި ޤަރާރަށް އިއްޔެގެ ޖަލްސާގައި ބަހުސް ކުރުމަށްފަހު، އިއްޔެ މުޅި މަޖިލީސް ކޮމިޓީން ވަނީ އެ ގަރާރު ދިރާސާ ކުރުމަށްފަހު އޮކްޓޫބަރު 30 ގެ ކުރިން ނިޒާމީ ވޯޓު ނެގުމަށް ފާސްކޮށްފައެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގަރާރު، އިލެކްޝަންސް ކޮމިޝަނަށްވެސް  ވަނީ ފޮނުވައިފައެވެ.

ބަރުލަމާނީ ނިޒާމަށް ރާއްޖޭގެ ވެރިކަން ހިންގާ ނިޒާމު ބަދަލުކުރުމަށް ބޭނުންވެގެން އެ ގަރާރު މަޖިލީހަށް ވެއްދީ ދަ ޑިމޮކްރެޓްސް އިންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *