އުސޫލުތަކާއި ހިލާފަށް އެންއެންޑީއެފް ސަދަން އޭރިއާގަްި އޮންނަ ހެލިކޮޕްޓަރު ބޭނުން ނުކުރާ ކަމަށް އެމއެންޑީއެފް އިން ބުނެފިއެވެ.
ސ. ގަމުގައި ހުންނަ ސަދަން އޭރިއާ ކޮމާންޑްގައި އޮންނަ ހެލިކޮޕްޓަރު ރޭ ޓެސްޓު ދަތުރަކަށް ބޭނުން ކުރުމާއި ގުޅިގެސް މީސްމީޑިއާގައިވަނީ އެކި ގޮތްގޮތަށް ވާހަކަތައް ފެތުރިފައެވެ.
މި ކަމާއި ގުޅިގެނ އެމްއެންޑީއެފް އިން ބުނީ އާންމު އުސޫލުގެ ދަށުން މިހާތަނަށް ރޭގަނޑު ހެލިކޮޕްޓަރ ބޭނުން ނުކުރި ނަމަވެސް ރޭގެ އުދުހުމަކީ ޓެސްޓް ދަތުރެެއް ކަމަށެވެ.
އެންއެންޑީއެފް އިން ބުނީ ރޭގަނޑު ވަގުތުތަކުގައި ހެލިކޮޕްޓަރ އޮޕަރޭޓް ކުރުމަކީ ނުރައްކާ ބޮޑު ކަމަކަށް ވާތީ އޭގެ އެކިއެކި އިންސްޓްރުމެންޓްތަކުގެ އޮޕަރޭޝަނަލް ރެޑިނަސް ހިފެހެއްޓުމަކީ ގަވާއިދުން ކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި ހެލިކޮޕްޓަރުން ބަލި މީހުން އުފުލުމަށް ޕަރއިލެޓުންފަރިތަވެ އަހުލުވެރިވުމަކީ ހެލިކޮޕްޓަރުން ދަތުރުކުރާ އެންމެންގެ ސަލާމަތަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.