ހައި ކޯޓުގައި މިއަދު ކުރިޔަށް ގެންދަން ތާވަލުކުރި ކުރީގެ ރައީސް އަބުދުالله ޔާމީންގެ އިސްތިއުނާފް ޝަރީއަތް ކެންސަލް ކޮށްފިއެވެ.
ހައިކޯޓުގައި މިއަދު 2:00 ގައި ޝަރީއަތެއް ކުރިޔށް ގެންދިއުމަށް ކުރިން އޮތީ ޝެޑިއުލްކޮށްފައެވެ.
ނަމަވެސް 2 ޖަހަން ކައިރިވެފައިވަނިކޮށް ހައި ކޯޓުން ބުނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެދިވަޑައިގަތުމުން މިއަދަށް ތާވަލުކުރި ރައީސް ޔާމީންގެ ޝަރީއަތް ކެންސަލް ކޮށްފައިވާ ކަމަށެވެ.
މިއަދު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި އޮތީ ފަތުރުވެރިކަމުގެ ބޭނުމަށް ވ. އާރަށް ކުށްޔަށް ދިނުމުގައި ރައީސް ޔާމީން ރިޝަވަތު ނެންގެވުމާއި މަނީ ލޯންޑްރީ ކުރިކަމަށް ސާބިތުވެ ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމާއި ފަސްމިލިއަން ޑޮލަެުގެ ޖޫރިމަނާގެ މައްސަލައިގެ އިސްތިއުނާފެވެ.
މި މައްސަލައިގެ އިސްތިއުނާފު ޝަރީއަތް އެންމެ ފަހުން ހައި ކޯޓުގައި ބޭއްވީ 6 ސެޕްޓެމްބަރުގައެވެ. މި މައްސަލައިގެ ޝަރީއަތްތައް ކުރިޔަށް ނުގެންދެވި ދިގުލައިގެންދާތީ ޕީޕީއެމުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.