ރާއްޖޭގައިން އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކާއި ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އިލެކްޝަންސް ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އަންގައިފިއެވެ.
ނިޒާމީ ވޯޓު ނެގުމަށް ގޮވާލާ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު މަޖިލީހަށް ހުށަހެޅުއްވި ޤަރާރަށް އިއްޔެގެ ޖަލްސާގައި ބަހުސް ކުރުމަށްފަހު، އިއްޔެ މުޅި މަޖިލީސް ކޮމިޓީން ވަނީ އެ ގަރާރު ދިރާސާ ކުރުމަށްފަހު އޮކްޓޫބަރު 30 ގެ ކުރިން ނިޒާމީ ވޯޓު ނެގުމަށް ފާސްކޮށްފައެވެ.
ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވަފައިވާ ގަރާރު، އިލެކްޝަންސް ކޮމިޝަނަށް މިއަދު ލިބިފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
ކޮމިޝަނުން ބުނީ މިކަމާމެދު، އިލެކްޝަންސް ކޮމިޝަނުން ޢަމަލު ކުރާނޭގޮތުގެ ގާނޫނީ ލަފާ މިހާރު ކޮމިޝަނުން ދަނީ ހޯދަމުންދާ ކަމަށެވެ.
ބަރުލަމާނީ ނިޒާމަށް ރާއްޖޭގެ ވެރިކަން ހިންގާ ނިޒާމު ބަދަލުކުރުމަށް ބޭނުންވެގެން އެ ގަރާރު މަޖިލީހަށް ވެއްދީ ދަ ޑިމޮކްރެޓްސް އިންނެވެ. އެ ޕާޓީން އެ ނިޒާމަށް ތާއީދު ކުރި ނަމަވެސް އެހެން ސިޔާސީ ޕާޓީތަކަށް ފެންނަނީ ރާއްޖޭގައި މިހަރު މިއޮތް ވެރިކަމިގެ ނިޒާމު، ރިޔާސީ ނިޒާމުގެ ދަށުން ވެރިކަން ހިންގުމަށެވެ.